ބޮޑު ފަސޭހައެއް، އެމްޑީގެ ވައުދާ އެއްގޮތަށް ޓްރާސްފޯމަރު ނަގާ މަގު ހުޅުވާލައިފި

ކަރަންޓް ކުންފުނި -- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގައި ހިދުމަތް ކުރަށްވަމުންދާތާ ގިނަ ދުވަސްވެފައިވާ ހުސެއިން ފަހުމީ އައްުޔަން ކުރެއްވުމާ އެކު ފުރަތަމަ ވެސް ފެއްޓެވީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ އެ ޓްރާސްފޯމަރު ނެގުމުގެ މަސައްކަތެވެ.

މާވެޔޮ މަގު މިސްކިތް ކައިރީ މަގަށްވާ ގޮތަށް ހުރި ކަރަންޓު ޓްރާންސްފޯމަރު ނަގާ އެ މަގު ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ.

މަގުގެ ބޮޑު ބައެއް ގެއްލޭ ގޮތަށް ޓްރާސްފޯމަރު ހުރުމަކީ މަގު ބޭނުން ކުރާ މީހުންގެ ބޮޑު ޝަކުވާ އެކެވެ. ނަމަވެސް އެއީ ކުރަން މާ ފަސޭހަ ކަމެއް ނޫން ކަމަށް ދެކި މިހާތަނަށް އެތަނުން އެ ޓްރާސްފޯމަރު ނުނެގި ހުރީ އެވެ.

ކަރަންޓް ކުންފުނި -- ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގައި ހިދުމަތް ކުރަށްވަމުންދާތާ ގިނަ ދުވަސްވެފައިވާ ހުސެއިން ފަހުމީ އައްުޔަން ކުރެއްވުމާ އެކު ފުރަތަމަ ވެސް ފެއްޓެވީ ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ އެ ޓްރާސްފޯމަރު ނެގުމުގެ މަސައްކަތެވެ.

މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އޮފީހަށް ވަޑައިގެން ކުންފުނީގެ އިސްވެރީންނާ އެކު ފަހުމީ ފުރަތަމަ ވެސް ވަޑައިގަތީ އެ ސަރަހައްދަށެވެ. އަދި ވަރަށް ބޮޑު އިސްކަމެއް ދީގެން އެ ޓްރާސްފޯމަރު އެ ތަނުން ނަގާ މަގު ބޭނުން ކުރުމުގައި ފަސޭހަ ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު ވަނީ ޓްރާންސްފޯމަރު ނަގާ އެ މަގު ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާފައެވެ. އެކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި ރޫހާއިއެކު ނިކުމެވަޑައިގެން އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ދެއްވި ހަރުދަނާ އިރުޝާދުތަކާ އެކު ރައްޔިތުންނަށް ތަކުލީފަކަށްވި ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާ އެކު އައު އަހަރު އެއްވެސް ހުރަހެއް ނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެ. ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުން ދާނީ ރައްޔިތުން އެދޭ ގޮތައް،" ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.