ރަސްމާލެ ހިއްކިޔަސް ބިން ހިއްކުމުގެ އެހެން މަޝްރޫތަކަށް ހުރަހެއް ނޭޅޭނެ

ރަސްމާލެ ހިއްކަން ވެލި ނަގަނީ ގުޅި ކައިރިންނެވެ. މި ސަރަހައްދަކީ ކަނޑުގެ ފުން ހިސާބެކެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އިންފްޓްރަކްޗާ

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ބިން ހިއްކުމަށް މާލެ ސަރަހައްދުގައި ހިންގާ އެހެން މަޝްރޫ އަކަށް ހުރަހެއް ނެތް ކަމަށް ސަރުކާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއު ރަސްމާލެ ހިއްކުމަށް ހިންގާ މަސައްކަތްތަކުގެ ސަބަބުން އެހެން ފަޅުތައް ހިއްކުމަށް ހުރަސް އެޅެމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެހެން މަޝްރޫއަކަށް އަސަރު ނުކުރާނެ ކަމަށެވެ. ރަސްމާލެ ހިއްކަން ހެދި އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބިން ހިއްކުމުގެ ސަރަހައްދުގެ ކުރެހުމެއް އެކްސްގައި އާއްމު ކުރައްވައި މިނިސްޓަރު ވިދާޅުވީ މި މަޝްރޫއަށް ވެލިނަގަނީ މާލޭގެ ދެކުނުންނެވެ. 

ރަސްމާލެ ހިއްކަން ވެލި ނަގަނީ ގުޅިކައިރިންނެވެ. ވެލި ނެގުމުގެ މަސައްކަތް ކުރަނީ ކަނޑުގެ ފުން ހިސާބުންނެވެ. 

ރަސްމާލޭގެ ހާއްސަ ސިފަތައް

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  •  އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް
  •  ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  ރަސްމާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގަ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީގައި އެއާ ސްލިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

މިނިސްޓަރު މުއްތޮލިބް މީގެ ކުރިން ވަނީ ސަރުކާރުން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހިއްކާ ގުޅިފަޅު މަޝްރޫއު ވެސް ޕްލޭން ކުރި ގޮތަށް ކުރިއަށްދާ ކަމަށެވެ. މިތަނުން 150 ހެކްޓަރު ހިއްކަން ނިންމާފައިވާއިރު މިހާތަނަށް މީގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.