ބުރިޖު ދޮރާށީގެ މަރާމާތަށް ކުރީ ސަރުކާރުން އިހުމާލުވި!

ފަހްމީ ސިފަ ކުރެއްވި ގޮތުގައި ބްރިޖް ދޮރާށި ބެލެހެއްޓުމުގައި އިހުމާލުވެ ކުރީ ސަރުކާރުން ވަނީ ބްރިޖް ނަން ބޯޑާއި ލައިޓްތައް ފަނާކޮށްލާފައެވެ.

ބްރިޖް ދޮރާށި ނިވިފައި: އެތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރީ ސަރުކާރުން މަސައްކަތެއް ނުކުރެވޭ

މާލެއާ ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖްގެ މައި ދޮރާށި ބެލެހެއްޓުމުގައި ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ ބްރިޖް ދޮރާށީގެ ލައިޓްތައް ނިވި ބައެއް ތަންތަން މުޅީން ދަބަރަށް ވެފައި ވަނިކޮށް އަލުން ކުރީގެ ހާލަތަށް ގެނައުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދިޔަ އެސެސްމަންޓްގެ މައުލޫމާތު ހާމަ ކޮށް ކުރެއްވި ޕޯސްޓެއް ގައެވެ.

އިސްލާމީވަންތަކަން ރަމްޒުކޮށްދޭ ބްރިޖް ދޮރާށީ ގައި "ސިނަމާލެ ބްރިޖް" މިހެން ލިޔެ ދިއްލާލާފައި ހުރެ އެވެ. ފުރަތަމަ އެ އަކުރުތައް ނިވެން ފެށީ 2019 އޮގަސްޓް މަހުގެ ތެރޭގައެވެ. ބުރިޖްގައި ހިމެނޭ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް ނަމާއި ދޮރާށީގައި ހިމެނޭ ލައިޓްތައް ވެސް މުޅީން ނިވި އެތައް ދުވަހަކު ހުއްޓެވެ.

މީޑިއާތަކާއި އާންމުންގެ ފާޑުކިޔުން ބޮޑުވުމުން ލައިޓްތައް ހަދާ އަލުން ދިއްލީ ތިން މަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން އަނެއްކާ ވެސް ފަހަރަކު އަކުރެއް ނިވެމުން ގޮސް ދޮރާށީގެ ގިނަ ލައިޓްތައް ނިވިފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ބްރިޖް ދޮރާށި ނިވިފައި: އެތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރީ ސަރުކާރުން މަސައްކަތެއް ނުކުރެވޭ

ބްރިޖްގެ ބައެއް ބަންދުކޮށްގެން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ފަހު ފަހުމީ ވިދާޅުވި ގޮތުގައި ބްރިޖް ދޮރާށީގެ ހަތް ޔުނިޓް ވަނީ ހަލާކުވެފައެވެ. ބޭނުން ކުރެވޭ ހާލަތުގައި ހުރީ ތިން ޔުނިޓެވެ. ގިނަ އަކުރުތަކުގެ އެލްއީޑީ ވަނީ އަނދާ ފައެވެ. ބައެއް ތަންތަން ވަނީ ދަބަރަށް ވެފައެވެ.

ފަހްމީ ސިފަ ކުރެއްވި ގޮތުގައި ބްރިޖް ދޮރާށި ބެލެހެއްޓުމުގައި އިހުމާލުވެ ކުރީ ސަރުކާރުން ވަނީ ބްރިޖް ނަން ބޯޑާއި ލައިޓްތައް ފަނާކޮށްލާފައެވެ. 

ސިނަމާލެ ބްރިޖަކީ ގައުމީ ތަރައްގީ ގައި ހޯދިފައިވާ އާދަޔާ ހިލާފު ބޮޑު ކާމިޔާބެއްކަން ފާހަގަކޮށް އެއީ އުމުރު ދުވަހަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭ ތަނެއް ކަމަށް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި އެފަދަ ތަންތަން ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެ ތަން އާންމުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.

ޗައިނާ ހިލޭ އެހީއާވެސް އެކު އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން 200 މިލިއަން ޑޮލަރުގެ އަގަކަށް ހަދާފައިވާ ބްރިޖް މަސައްކަތް ފެށީ ޑިސެންމެބަރު 30، 2015 އިގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.