ސެޕްޓެމްބަރު | މީމުން ގްރީން ޓެކުހަށް އެންމެ ރުފިޔާއެއް ވެސް ނުލިބެ

މ. އަތޮޅުގެ ރިސޯޓްތަކުގައި ޖުމްލަ 614 އެނދު އެބަހުއްޓެވެ. އަދި ފަސް ގެސްޓްހައުސްއެއް ހިންގަމުން ދެ އެވެ.

މ. އަތޮޅުގައި ހިންގަމުން ގެންދާ ރިސޯޓެއް : މި އަތޮޅުން ގްރީން ޓެކުހެއް ނުލިބެ -- ކްރޫޒްމެޕް

މިދިޔަ ސެޕްޓެމްބަރު މަހު މީމު އަތޮޅުން ގްރީން ޓެކުހަށް އެންމެ ރުފިޔާއެއްވެސް ލިބިފައި ނުވާ ކަމަށް ހިސާބު ފޮތުން ދައްކައިފި އެވެ. 

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގެ ހިސާބުތަށް ދައްކާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މ. އަތޮޅުގައި ހިންގާ ރިސޯޓްތަކާއި ގެސްޓްހައުސް އަދި ހޮޓަލަކުން ވެސް ގްރީން ޓެކުހަށް ފައިސާއެއް ލިބިފައެއް ނެތެވެ. އަދި މި އަތޮޅުގެ ހޯމް ސްޓޭ ތަނަކުން ވެސް އެންމެ ރުފިޔާއެއް ލިބިފައިވާ ކަމަށް ނުދައްކަ އެވެ. 

މީމުގައި ކިތައް ރިސޯޓް ؟ ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަށް ދައްކާ ގޮތުގައި މ. އަތޮޅުގައި ތިން ރިސޯޓެއްގައި ޖުމްލަ 614 އެނދު އެބަހުއްޓެވެ. އަދި ފަސް ގެސްޓްހައުސްއެއްގައި ހުރި އެނދުގެ އަދަދު 46 އަށް އަރަ އެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ގްރީން ފަންޑަށް ލިބިފައިވަނީ 53 މިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބުނު 49,6 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.1 މިލިއަން ރުފިޔާ އަދި ގެސްޓްހައުސްތަކުން ލިބުނު 1.7 މިލިއަން ރުފިޔާ އެވެ. 

ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މި ފަންޑުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 465 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މި މުއްދަތާ ހަމައަށް ލިބިފައިވަނީ 740 މިލިއަން ރުފިޔާ އެވެ. އަދި ފަންޑުގެ ބެލެންސަކީ 1.1 ބިލިއަން ރުފިޔާ އެވެ. 

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.