ސަރުކާރުން ވަނީ ކުރީ ސަރުކާރުގައި ހައި ކޮމިޝަންތަކާއި އެމްބަސީތަކުގެ މަގާމުތަކަށް ފޮނުއްވެވި ހުރިހާ ބޭފުޅުން ވަކިކޮށް ރާއްޖެ އައުމަށް އަންގާފައެވެ.
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފު، މަގާމުން ވަކިނުކުރަން ނިންމާ މަގާމުގެ މުއްދަތު ދަންމާލައިފި އެވެ.
ފޮރިން މިނިސްޓްރީން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިޒްނާގެ މަގާމުގެ މުއްދަތު ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެކަމުގެ ލިޔުން މި މަހުގެ 20 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް ވެސް ބުންޏެވެ.
މިއީ ސަރުކާރުން އަމަލު ކުރަމުން އައި ގޮތާއި ހިލާފު ނިންމުމެކެވެ. ސަރުކާރުން ވަނީ ކުރީ ސަރުކާރުގައި ހައި ކޮމިޝަންތަކާއި އެމްބަސީތަކުގެ މަގާމުތަކަށް ފޮނުއްވެވި ހުރިހާ ބޭފުޅުން ވަކިކޮށް ރާއްޖެ އައުމަށް އަންގާފައެވެ.
ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމުގައި މަރިޔަމް މިޒްނާ ބަހައްޓަން ސަރުކާރުން ނިންމިއިރު ކުއްލި ގޮތަަކަށް ޝަރީފް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމަށާއި އެމަނިކުފާނުގެ ދިފާއު ގައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ޝަރީފް ވިދާޅުވި ގޮތުގައި އޭނާގެ އިސްތިއުފާގެ ފަހަތުގަައި އޮތީ ތަރައްގީއަށް ފުރުސަތު ފަހި ކުރުމެވެ. އެ ފުރުސަތު ފަހިކޮށްދޭން އެމްޑީޕީއާ ފެއަށް ޖެހިވަޑައިގަތުމަށް ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެދެ އެވެ.
ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ އެމްޑީޕީގެ މަޖިލީސް މެންބަރުން ހޯދުމުގެ މަަސައްކަތްތަކެއް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ފަށާފައި ވަނިކޮށެވެ.