ތަރައްގީއަށް ފުރުސަތު ފަހި ކުރަން ކަމަށް ވިދާޅުވެ ޝަރީފް އެމްޑީޕީން ވަކިވެއްޖެ

އެމްޑީޕީން ވަކިވެވަޑައިގެންނެވުމުގެ ކުރީން ޝަރީފް ވަނީ ސިޔާސީ މަސައްކަތުން އޭނާ ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީސް ވިހީގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: އެމްޑީޕީން ވަނީ ވަކިވެވަޑައިގެންފައި

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަން ހާމަ ކުރައްވާ ޝަރީފް މިރޭ ވަނީ އެމްޑީޕީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އެމްޑީޕީން ވަކިވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެ ނިންމުން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ދާއިރާގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށް ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.

ޝަރީފް، އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ އެމްޑީޕީގެ މެންބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ހަބަރު ފެތުރެމުން ދަނިކޮށެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމުގެ ކުރީން ޝަރީފް ވަނީ ސިޔާސީ މަސައްކަތުން އޭނާ ދުރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީސް ވިހީގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފަކީ އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ސޯލިހް ދިފާއު ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް މެންބަރެވެ. ކުރީން އޭނާ ވަނީ އެމްޑީޕީއާ އިިދިކޮޅު ޑީއާރުޕީ ގައިވެސް އުޅުއްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.