ޗީފް އޮފް ޑިފެންސް، އިންޑިއާ ސަފީރާ ބައްދަލު ކުރައްވައިފި

ދެ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރްއާ މިއަދު ބައްދަލު ކުރެއްވުން

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޗީފް އޮފް ޑިފެންސް ވަނީ "އެކްސް" ގައި ކުރެެއްވި ޕޯސްޓެއް ގައި އެ ބައްދަލްވުން އޮތްކަން ހާމަ ކުރައްވާފައެވެ. ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރަށް ވުރެ ބޮޑު އެއްބާރުލުމެއް ދިނުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ސަފީރު ވަނީ މިއަދުގެ ބައްދަލްވުމާއި ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވައެވެ. އިންޑިއާ ސަފީރު ވިދާޅުވީ މިއަދުގެ ބައްދަލްވުމަކީ ފައިދާ ހުރި މުހިންމު ބައްދަލްވުމެއް ކަމަށެވެ. އަދި އިންޑިއާ އޮތީ ދެ ގައުމަށް އޮތް ސަލާމަތީ ގޮންޖެހުންތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

ނިމިދިޔަ ރައީސް ސޯލިހްގެ ފަސް އަހަރަކީ ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވި ފަސް އަހަރެވެ. އެ ގުޅުމާާ މެދު އިންޑިއާ ސަރުކާރުން ވަރަށް ރުހެ އެވެ. ނަމަވެސް ދިވެހީންގެ ގިނަ ބަޔަކު އެ ގުޅުމާ މެދު ސުވާލު އުފެއްދި އެވެ. މިހާރު އޮތް ރައީސް މުއިއްޒުގެ ސަރުކާރަކީ ކުރީ ސަރުކާރުން ބޭއްވި ފަދަ ގުޅުމެއް އިންޑިއާއާ އެކު ބާއްވާނެ ސަރުކާރެއް ނޫނެވެ. ސަރުކާރުގެ ވާހަކަތައް ހުރީ އެ މަގުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ މުހިންމު ވައުދުފުޅެވެ. ފުރަތަމަ ދުވަހު ރައީސް ވަނީ އެކަން އިންޑިއާއަށް އަންގާފައެވެ. އެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އެއީ ދެ ގައުމުގެ ގުޅުން ހީނަރުކޮށްލާނެ ނިންމުމަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.