ޒުވާނުންގެ ހާއްސަ ބޯޑެއް، ސީދާ ރައީސް ޗެއާ ކުރައްވާނެ

ބޯޑްގައި ހިމެނޭނީ އުމުރުން 18 - 30 ދެމެދުގެ ޒުވާނުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އިއްޔެ އޮތް ކެބިނެޓް ބައްދަލްވުމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ

ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ހާއްސަ ބޯޑެއް އެކުލަވާލެއްވުމަށް ސަރުކާރުން ނިންމައިފި އެވެ. 

އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި މި ނިންމުން ނިންމީ ޒުވާންނާއި ބެހޭ މިނިސްޓްރީން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑް" ގެ ބޭނުމަކީ ޒުވާނުންނާއި ގުޅޭ ކަންކަމުގައި ރައީސަށް ލަފާ އެރުވުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުން ކަމަށެވެ.

މިއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެވެ. އެ ބޯޑަށް މެންބަރުން ނަގާނީ:

  •  ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން
  •  ގައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން
  •  ޒުވާނުންނަށް ހާއްސަ އެންޖީއޯތަކުގެ ތެރެއިން ވަކި އަދަދެއް
  •  ފަންނުވެރިކަން ތަމްސީލު ކުރާ މެންބަރުން
  •  ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ދަރިވަރުން

ބޯޑްގައި ހިމެނޭނީ އުމުރުން 18 - 30 ދެމެދުގެ ޒުވާނުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ކޮންމެ ތިން މަހަކު އެއް ފަހަރު ބޯޑްގެ ބައްދަލްވުންތައް ޗެއާ ކުރައްވާނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެހެން ބައްދަލްވުންތައް ޗެއާ ކުރައްވާނީ ރައީސް ކަނޑައަޅާ ބޭފުޅެކެވެ.

އެ ބޯޑްގެ ނިންމުންތަކާއި ލަފާތަކާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތް ނިންމަން ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ރާއްޖެއިން ބޭރުގައި ބޭއްވީ މުހިންމު ބައެއް ބައްދަލްވުންތަކުގައި ކޮމެޓީތަކުގެ މެންބަރުން ބައިވެރި ކުރެއްވުމާއި މުހިންމު ބައްދަލްވުންތަކާއި ގައުމީ ޖަލްސާތަކުގައި އެ ބޯޑްގެ މެންބަރުން ތަމްސީލުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.