ދިވެހި ފުލުހުންްގެ ހިދުމަތުގެ ކޮމިޝަނަރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަން ކުރައްވާފައެވެ. ޝުޖާއުއަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި އަދި ފުލުހުންގެ ހިދުމަތު ގައި ދިގު މުއްދަތެއް އަލީ ޝުޖާއު ހޭދަކުރައްވާފައި ވެއެވެ. ޝުޖާއު ވަނީ މެލޭޝިއާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވާފައެވެ.
އަދި އޭނާ އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.
ދިވެހި ފުލުހުންްގެ ހިދުމަތުގެ ކޮމިޝަނަރު -- ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
އެ ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް ފޮނުވުމުން އެ ބޯޑުން ބަލަންް ޖެހޭ ކަންކަން ބެލުމަށް ފަހު ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު ގެނައުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އަށް ވަނީ ލަފާ ދެއްވާފައެވެ.
ފުލުހުންގެ ގާނޫނު މިހާރު އޮތް ގޮތުން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލަން ޖެހެ އެވެ. އަދި އެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހިދުމަތު ގައި ދެމި ހުރި ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.
އަދި އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރާނެ އެވެ. އަދި އެ މަގާމަށް ގާބިލުތޯ ވަޒަން ކުރާނެ އެވެ.