އެމްއެންއޭސީއައިގެ ލައިވް ޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ޖަނާ އާއި އަބްދުﷲ މުހައްމަދު އަށެވެ.
ރާއްޖޭގެ ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ދޭ އެންމެ މަތީ ޝަރަފު ފުރަތަމަ ލިބިލެއްވި ފުރަތަކަ ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އާއި އެންމެ ބޮޑު ޖަމިއްޔާ އިފޮޕްކާ އަދި ފިޑިންގެ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އެމްއެންއޭސީއައިގެ ކޮންޓްރަކްޝަން އެވޯޑު ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ކުލަ ގަދަ ހަފުލާގައި ރައީސް ޑރ. މުއިއްޒުއަށް އެ ޖަމިއްޔާ އިން އަރުވާފައިވަނީ އެންމެ މަތީ ޝަރަފު ކަމަށްވާ ބޮޑުރަސްގެފާނު ލަގަބެވެ. އެމްއެންއޭސީއައިގެ މި އެވޯޑު ރައީސް މުއިއްޒު އަށް އެެރުވީ އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ.
މި އެވޯޑް ލިބިވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުއަކީ ރާއްޖޭގެ ކޮންޓްރަކްޝަން ސިނާއަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްވީ ހިދުމަތްތެރިއެކެވެ. އެމަނިކުފާނުގެ ބެލުމުގެ ދަށުން ރާއްޖޭގެ ތަރައްގީގެ ބޮޑެތި ބިޔަ މަސައްކަތްތަކެއް ވަނީ ފުރިހަމަ ކުރައްވާފަ އެވެ.
މި އެވޯޑުގެ އިތުރުން އެމްއެންއޭސީއައިއިން ވަނީ ކޮންޓްރަކްޝަން ސިނާއަތުގެ ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ގިނަ ވަނަތަކެއް ވެސް ދީފަ އެވެ. އެގޮތުން އަލަށް ދޭން ފެށި މި އެވޯޑު ފަސް ކެޓަގަރީ އަކުން ދީފައިވެ އެވެ. މި އެވޯޑުގައި އެންމެ ހާއްސަ ދެ އެވޯޑަކީ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހިދުމަތްތެރިންގެ އަގު ވަޒަންކޮށް ދިން ލައިފްޓައިލް އެޗިވްމަންޓް އެވޯޑެވެ.
އެމްއެންއޭސީއައި އިން ވަނީ މި އެވޯޑު ވަރުގަދަކޮށް މުޅި ކޮންޓްރަކްޝަން ސިނާއަތަށް ދޭނެ ކަން މިރޭ ހާމަކޮށްފަ އެވެ.