ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ ރައްޒާން ވަނީ އައްޔަން ކޮށްފައެވެ.
ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލީ ރައްޒާން އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް މެންބަރުން އައްޔަން ކުރީ މިއަދު އޮތް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ޑިމޮކްރެޓްސް ނިންމުންތަކާ ގުޅޭގޮތުން އެ ޕާޓީން ބުނީ އެޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ އިދާރީ ހިންގުމަށް އައްޔަނު ކުރުމަށް ޕާޓީގެ ރައީސް ހުށަހަޅުއްވާފައިވާ ނަންތައް ކުރިއަށް އޮތް ފަސް އަހަރަށް ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން އައްޔަނުކުރުމަށް މިއަދުގެ ބައްދަލްވުމުގައި ފާސް ކޮށްފައިވާ ކަމަށެވެ. އެއީ؛
މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ މުހިއްމު ސިޔާސަތުތަކާއި ގުޅޭ މަސައްކަތްތައް ކުރުމަށާ ގޮތްތައް ކަނޑައެޅުމަށާ ހަރަކާތްތައް އިންތިޒާމުކުރުމަށާ އަދި ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް މޮނިޓާކޮށް ބެލުމަށް އުފައްދަން ޕާޓީގެ ރައީސް ހުށަހެޅުއްވި ކޮމިޓީތައް އިސްލާހުތަކާއެކު ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.