މޯލްޑިވިއަން އިން މި ދަތުރުތަށް ލޯންޗް ކުރީ މިދިޔަ އަހަރު އެވެ. ފުރަތަމަކުރީ ޓެސްޓް ދަތުރުތަކެކެވެ. މިއީ ލޯކަލް އައިލެންޑަކަށް ސީޕްލޭންގެ ޝެޑިއުލް ގަވައިދުން ފެށި ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަންއިން ވަނީ މިދިޔަ އަހަރު ފުޅަދޫއަށް ޓެސްޓް ފްލައިޓެއް ބާއްވާފަ އެވެ. އަލަށް ފެށި މި ޝެޑިއުލް ދަތުރުތަކާ ބެހޭ ގޮތުން ގައުމީ އެއާލައިން އިން ބުނީ މި ދަތުރުތަށް އޮންނާނީ ހަފުތާގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށެވެ. މި ދަތުރުތަކުގ ސަބަބުން އެ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި މި ދަތުރުތަކުގެ މަގުސަދަކީ ގުދުރަތީ ރީތިކަމުގެ އަޖައިބު ކުރުވަނިމި މި ސަރަހައްދުގެ ޓޫރިޒަމް ފުޅާ ކުރުމެވެ. މި ދަތުރުތަކުގެ ސަބަބުން ކައިރި ކައިރީގައި އޮންނަ ފުޅަދޫ އާއި ފެހެންދޫ އަދި ގޮއިދޫއަށްވެސް ފައިދާ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ އެއާލައިނުން ފެށި މި ދަތުރުތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާގެ ދަތުރެކެވެ.