ގާސިމްގެ އިސްލާހު ގެންދަން މެޖޯރިޓީ ލީޑަރު އެދިވަޑައިގެންފި

ގާސިމް އެ އިސްލާހު ހުށައެޅުއްވިއިރު މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން އިސްލާހު ހުށައެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އޮތީ ކުރީން ނިންމަވާފައެވެ. އޭގެ ކުރީން މިދިޔަ ދައުރުގައިވެސް އެފަދަ އިސްލާހެއް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ހުށައެޅުއްވި އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ގާނޫނު އަސާސީ އިސްލާހު ކުރުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ބިލު އަނބުރާ ގެންދަވައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯއްދަވަން މަޖިލީިހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އަދި ވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމާ ދެމެދު ފުށުއެރުމެއް އައީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ގާސިމް ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު އޮތް ބަހުސްގަ އެވެ. އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން އަސްލަމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ވައްދާއިރު އަންނަ މަޝްވަރާކުރުން ފުޅާ ދާއިރާއެއްގައި ކޮށްފައި އޮންނަން ޖެހޭނެ އެވެ. އަދި ވިދާޅުވީ އެކަމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއި ހިޔާލު ވެސް އޮންނަން ޖެހޭނެ އެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ވަކި މިންވަރުގައި ހިފަހައްޓަން އޭނާ ދެކޮޅެއް ނުހައްދަވަ އެވެ. އެހެން ނަމަވެސް 87 މެންބަރުންގެ އަދަދު އުފެދުނު ގޮތާމަދު ވިސްނާލަން ޖެހޭ ކަމަށާއި އެ އަދަދަށް ބަލައިގެން ދާއިރާތައް ބެހުމުން ދިމާވާ މައްސަލަތަކަށް ހައްލެ ވެސް އޮންނަން ޖެހޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވި ގޮތުގައު ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިތުރުވާ ގޮތަށް ގާނޫނު އަސާސީގައި ކަނޑައެޅީ އާބާދީ ބޮޑު ތަންތަން މަޖިލީހުގައި ތަމްސީލުވާ ވަރު ކުޑަކަމަށް ފެނިގެނެވެ. އަދި ގާސިމް ހުށަހެޅުއްވި ބިލާ ދޭތެރޭގައި އިތުރަށް ވިސްނަވައި އިތުރު މަޝްވަރާތައް ކުރެއްވުމަށް ބިލު އަނބުރާ ގެންދަން އެދި ވަޑައިގެންނެވިއެވެ.

ގާސިމް އެ އިސްލާހު ހުށައެޅުއްވިއިރު މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން އިސްލާހު ހުށައެޅުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އޮތީ ކުރީން ނިންމަވާފައެވެ. އޭގެ ކުރީން މިދިޔަ ދައުރުގައިވެސް އެފަދަ އިސްލާހެއް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ހުށައެޅުއްވި އެވެ.

ގާސިމް ވެއްދި އިސްލާހު

ގާސިމް ހުށައެޅުއްވި އިސްލާހުގައި ބުނަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަނޑައެޅުމުގެ އުސޫލަށް އަމަލު ކުރުމުގައި އޮގަސްޓް 7، 2008 ން ފެށިގެން މިހާތަނަށް ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެންބަރުން އިތުރު ވަމުން އަންނަ ނިސްބަތަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ފަސް އަހަރަކުން މެންބަރުން އިތުރު ވަމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިއަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާނަމަ އެއީ ރާއްޖެފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވާނެ އެވެ. އަދި އެއީ އިގްތިސާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް ކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅަން ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެކެވެ.

އޮގަސްޓް 7، 2008 އިން ފެށިގެން މިހާތަނަށް ބޭއްވުނީ ރައްޔިތުންގެ މަޖިލީހުގެ ތިން އިންތިހާބެވެ. 2009 ގައި ބޭއްވުނު 17 ވަނަ މަޖިލީހަށް އިންތިހާބު ކުރީ 77 މެންބަރުންނެވެ. 2014 ގެ އިންތިހާބުގައި 85 މެންބަރުންނެވެ. އަދި ފަހުން 2019 ގައި ބޭއްވުނު އިންތިހާބުގައި 87 މެންބަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.