އެންސީޓީސީގެ ވެރިއަކަށް ވައިސް ވަހީދު

އެންސީޓީސީގެ ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް ހަމަޖެއްސެވި ވައިސް ވަހީދު ވަނީ ސިފައިންގެ ހިދުމަތުގައި 34 އަހަރު ހޭދަ ކުރައްވާފައެވެ.

އިމިގްރޭޝަންގެ ވެރީންނާއެކު ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބޭއްވި ބައްދަލްވުން

ރާއްޖޭގެ ނޭޝަނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް މޭޖާ ޖެނަރަލް ރިޓަޔާޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގެންނެވި ވައިސް ވަހީދު، އެންސީޓީސީގެ އެންމެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސެވި ވަކި ދުވަހެއް ސަރުކާރުން ހާމަ އެއް ނުކުރެ އެވެ.

ވައިސް ވަހީދުގެ ކުރީން އެ މަގާމުގައި ހުންނެވީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރު އެވެ. ރައީސް މުއިއްޒުގެ ޒައާމަތް ފެށުމާ އެކު މަންސޫރު ވަނީ މަގާމުން ވަކިކުރައްވާފައެވެ. ވަރަށް ގިނަ ސަބަބުތަކާއި ގުޅިގެން މަންސޫރަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޮވެ އެވެ.

އެންސީޓީސީގެ ޑިރެކްޓަރު ޖެނަރަލްގެ މަގާމަށް ހަމަޖެއްސެވި ވައިސް ވަހީދު ވަނީ ސިފައިންގެ ހިދުމަތުގައި 34 އަހަރު ހޭދަ ކުރައްވާފައެވެ.

މޭޖާ ޖެނެރަލް ވައިސް ވަހީދުގެ އިތުރުން މޭޖާ ޖެނެރަލް ޖެނެރަލް ހާމިދު ޝަފީގު ވެސް ވަނީ މި މަހުގެ 12 ވަނަ ދުވަހު ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަޑައިގެންފައެވެ.

މި ސަރުކާރުން ވަނީ ހާމިދަށް ވެސް މަގާމެއް ދެއްވާފައެވެ. އެއީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ޑެޕިއުޓީ އެޑްވައިޒަރުގެ މަގާމެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ނާއިބު މިނިސްޓަރެއްގެ ފެންވަރު ގައެވެ.

ހާމިދު ކުރީން ވަނީ އެންސީޓީސީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްކަން ވެސް ކުރައްވާފައެވެ. ހާމިދު ޝަފީގު ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވީ 33 އަހަރަށް ފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.