ޕޯސްޓްމޯޓަމަށް ފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފި

ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް ފުލުުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފި އެވެ.

މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހުންނަ ދިގުރަށު ކުނިގޮނޑުގައި ތުއްތު ކުއްޖަކު އޮއްވާ ފެނުނީ، މިމަހުގެ ތިންވަނަ ދުވަހު ގޮނޑު ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީންނަށެވެ. އެ ކުއްޖާ އޮތީ ކޮތަަޅަކަށް ލާފަ އެވެ.  

ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާފައިވާ ކަމަށް ފުލުުހުން ބުނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. 

އަދި މިއަދު ބުނީ ޕޯސްޓްމޯޓަމަށް ފަހު 22 ވަނަ ދުވަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ދެން ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތެއް / ވަޅުލާނެ ދުވަހެއް ނުބުނެ އެވެ.

މި މައްސަލައިގައި ކުއްޖާގެ މަންމަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް ސްރީލަންކާ އަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ކުއްޖާ މަރާލުމަށްފަހު އެއްލާލި މައްސަލައިގައި، ކުއްޖާގެ މަންމަ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.