ރަސްމާލެ ހިއްކުން | ހިއްކާ ކުންފުންޏަށް 70 ހެކްޓަރު، ކުޑަ އަގު 25 ބިލިއަން

މި މަޝްރޫއުގެ ސަބަބުން އާބަންކޯ އަށް 350 ބިލިއަން ރުފިޔާގެ ބޮޑު އެސެޓެއް އުފެދޭނެ ވެގެންދާނެ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ފުށިދިއްގަރު ފަޅު ހިއްކަނީ އެ ސަރަހައްދު ހިއްކާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ދިގު މުއްދަތަށް ހުޅުމާލޭގެ ފަޅުން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން 60 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދޭ ގޮތަށް ކަމަށް ބުނެފި އެވެ. އެހެންވެ ޖުމްލަ 70 ހެކްޓަރުގެ ބިން މި ކުންފުންޏަށް ލިބޭނެ އެވެ. 

އާބަންކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ފުށިއްދިގަރު ފަޅު ހިއްކަނީ އާބަންކޯ އާއި ސަރުކާރުގެ ބަޖެޓަށްވެސް އެއްވެސް ބުރައެއް ނުވާނެ ގޮތަށް ކަމަށާއެކަން ކުރަނީ ސަރުކާރަށް ލިބުނު ހުށަހެޅުންތަކަށް ބަލައި ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުން 10 ހެކްޓަރުގެ ބިން ހިއްކާ ކުންފުންޏަށް ދޫކޮށްލާ ގޮތަށް ކަމަށެވެ. 

އެ ކުންފުންޏަށް ދޫކޮށްލާ ބިން އެ ކުންފުނިން ބޭނުން އަގެއްގައި ވިއްކަންވީ. އެގޮތަށް ހިއްކަނީ. މިއީ އެންމެ ބެސްޓް އޮޕްޝަން ކަމަށް ބުނެވިދާނެ. މީގެ ބަދަލުގައި 1،093 ހެކްޓަރުގެ ބިން ހެޗްޑީސީގެ އެސެންޓަށް [އާބަންކޯ] އަށް މި ލިބެނީ،" ފަޒުލް ވިދާޅުވި އެވެ. 

އާބަންކޯއަށް ބޮޑު އެސެޓެއް ލިބޭނެ

ފަޒުލް ވިދާޅުވީ މިހާރު ކުންފުނިތަކާއި ރާއްޖޭގެ ހާލަތު އޮތް ގޮތުން އެއްވެސް ކުންފުންޏަކުން އަމިއްލަ ފައިސާގައި އައިސް މިވަރުގެ މަސައްކަތެއް ނުދެވޭނެ ކަަމަށާ އެހެންކަމުން މިއީ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ.

"ބިން ދެނީ ޑިވްލޮޕްމަންޓް ޕީރިއަޑަށް. އެއީ އެ ބޭފުޅުންގެ އަތްމަތީގައި އޮތްކަމެއް ޑިސައިޑް ކުރުމަކީ. 49 އަހަރުގެ އިތުރުން 50 އަހަރު [99] އަހަރު. މި ބިން ވިއްކައިގެން ލިބޭ ލާރިން މުޅި އޮޕަރޭޝަން ހިންކަންވީ. މުޅި އޮޕަރޭޝަނަށް ހަރަދު ކުރަންވީ ހިއްކަން،" ފަޒުލް ވިދާޅުވި އެވެ. 

ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ: މި މަސައްކަތް އަށް މަސް ދުވަހުން ނިންމާނެ

އަގު ކުރާ ނަމަ ކިހާ ވަރެއް ؟ މި ބިންތަށް އަގު ކުރާނަމަ މިއީ ހުޅުމާލެ ފަޅުން ސީއެމްސީ އަށް ލިބޭ ބިމުގެ އަގު އުޅޭނީ 5.2 ބިލިއަން ރުފިޔާގަ އެވެ. އަދި ފުށިއްދިގަރު ފަޅުން ހިއްކާ ބިމުން އެ ކުންފުންޏަށް 20 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މި ބިންތަށް އެ ކުންފުންޏަށް 99 އަހަރަށް ދިގު މުއްދަތަށް ކުއްޔަށް ދެވޭނެ އެވެ. އަދި އާބަންކޯ އަށް  352 ބިލިއަން ރުފިޔާގެ ބިންގެ ސެޓެއް ލިބޭނެ އެވެ. 

"އެ ބޭފުޅުން [ސީއެމްސީ] ގެ އަތުގަ އޮތީ 2،000ރ. އަށް ވިއްކިޔަސް.، ނޫނީ 3،000ރ. އަށް ވިއްކުންވެސް. އެ ލިބޭ ފައިސާ ވަންނާވީ އެޗްޑީސީގެ ހެކްސްކްރޯ އެކައުންޓަކަށް. ޕްރޮގްރެސިވް ޕޭމަންޓްތަކެއް އަޅުގަނޑުމެން ހަދާނީ. ޓައިކޮށްފަ އޮންނާނީ. މިހާ ސާފުކޮށް ރީތިކޮށް އޮތް ކޮންޓްރެކްޓެއް މިއީ." 

ރަސްމާލޭގެ ހާއްސަ ސިފަތައް

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  •   އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް
  •  ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  ރަސް މާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގަ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީގައި އެއާ ސްލިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

ލަންކާގެ ސީއެމްސީއަކީ ކޮން ބައެއް ؟ ލަންކާގެ  ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުމާލެ، ދިޔަނެރު އަދި ތިލަފުށި ހިއްކަން ހަވާލުކޮށް މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެވެ. މި ފަޅުތަށް ހިއްކަން 259 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ހަރަދުވާއިރު، އެފަހަރު އާބަންކޯ އިން އެ މަސައްކަތް ހަވާލުކުރީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިން އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ވިއްކާ ގޮތަށެވެ. 

ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެފައިވެ އެވެ. މި މަސައްކަތް ފެށި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ. ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

ކޮމެންޓް

1
450
ދެންވެސް
8 months ago

ދިވެހީންގެ ބިން ލަންކާއަށް. ދިވެހީންގެ ބިން ދިވެހީންނަށް. ހާއުފާކަން ގެނުވައިދީފިއޭ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.