މިހާރު ޑޮމެސްޓިކް ހަތް އެއާޕޯޓެއް ބަލަހައްޓާ އާރްއޭސީއެލް އިން ހިންގަ މި ޕްރޮޖްކެޓަކީ ކުޅުދުއްފުށި ސިޓީ އާއި އެ ސިޓީގެ ރައްޔިތުންނަށް ފައިދާ ކުރާ ގޮތަށް ޒޯން ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެކެވެ.
ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ރީޖަނަލް އެއާޕޯޓްސް (އާރްއޭސީއެލް) ކޮމްޕެނީއަށް ދީފި އެވެ.
މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި އާރްއޭސީއެލުން ސޮއި ކުރެއްވީ އާ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ސޮއި ކުރެއްވީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.
މި ޕްރޮޖްކެޓްގައި އެއާޕޯޓާ އިން ވެގެން އޮންނަ ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސް ބިމުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްގީ ކުރާށާއި މުޅި ޒޯން ތަރައްގީ ކުރަން ފައިސާ ހޯދާނެ އެވެ.
މިހާރު ޑޮމެސްޓިކް ހަތް އެއާޕޯޓެއް ބަލަހައްޓާ އާރްއޭސީއެލް އިން ހިންގަ މި ޕްރޮޖްކެޓަކީ ކުޅުދުއްފުށި ސިޓީ އާއި އެ ސިޓީގެ ރައްޔިތުންނަށް ފައިދާ ކުރާ ގޮތަށް ޒޯން ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެކެވެ.