ފުލުހުންގެ ގާނޫނު މިހާރު އޮތް ގޮތުން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލަން ޖެހެ އެވެ. އަދި އެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހިދުމަތު ގައި ދެމި ހުރި ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.
ދިވެހި ފުލުހުންްގެ ހިދުމަތުގެ ކޮމިޝަނަރު -- ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ދެ ބޭފުޅުން ކަަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު ބުނެފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ދެންމެ ވިދާޅުވި ގޮތުގައި ކޮމިޝަނަރުގެ މަގާމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތި ލެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
އެ ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް ފޮނުވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ގާނޫނު މިހާރު އޮތް ގޮތުން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލަން ޖެހެ އެވެ. އަދި އެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހިދުމަތު ގައި ދެމި ހުރި ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.
އަދި އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރާނެ އެވެ. އަދި އެ މަގާމަށް ގާބިލުތޯ ވަޒަން ކުރާނެ އެވެ.