"ރަސްމާލެ" ދުނިޔެއަށް ނަމޫނާއެއް، ގެދޮރުގެ މައްސަލައަށް ދާއީމީ ހައްލެެއް

ފުށިދިއްގަރު ފަޅަކީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ސިޓީ އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު -- ފުށިދިއްގަރުފަޅު ގައި އިފްތިތާހު ކޮށްދެއްވުން

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސަހަރު ވެގެންދާނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް މައްސަލަ އަށް ދާއީމީ ހައްލެއް ގެނެސް ދޭނެ ސަހަރަކަށް ކަމަށާ ކުރިއަށް އޮތް ފަސް އަހަރުތެރޭ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއީމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު -- ފުށިދިއްގަރުފަޅު ގައި އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސަހަރަށް "ރަސްމާލެ"ގެ ނަމުން ނަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ އަށް މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

އެމަނިކުފާނު ތަކުރާރު ކުރައްވާ ވިދާޅުވީ "ރަސްމާލެ" އަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް އޮތް ދާއިމީ ހައްލު ކަމަށެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ސިޓީ އެވެ. މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ފަށަން އޮތީ ހިމަނައިފަ އެވެ. 

ފުށިދިއްގަރު ފަޅުގެ ސިޓީ، "ރަސްމާލެ" މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދުގެ މޫނުމަތި ބަދަލުކޮށްލާނެ ބިޔަ ބޮޑު މަޝްރޫއަކަށެވެ. މި މަޝްރޫއުގެ ސަަބަބުން ރާއްޖޭގެ ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު -- ފުށިދިއްގަރުފަޅު ގައި އިފްތިތާހު ކޮށްދެއްވުން

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ވެގެންދާނީ "މޯލްޑިވްސް އިކޯ ސިޓީ" އަށެވެ. އެއީ ދުނިޔެއަށް ނަމޫނާ ސިޓީ އަކަށް ވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރަސްމާލެ ވެގެން ދާނީ ބައިނަލްއަގްވާމީ ހުރިހާ މިންގަނޑަކުން ރައްކާތެރި ރަށަކަށެވެ. އުސްމިނުގައި ތިން މީޓަރު ހުންނަވާނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ. 

"އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރު ސޭފް އައިލެންޑެއްގެ ގޮތުގައި ބެލޭ މިންގަނޑުތަކުގައި މި ރަށް ހިކިގެންދާނީ. މިތަން ޕްލޭން ކުރެވިގެންދާނީ ކްލައިމެޓް އެޓެޕްޓޭޝަންގައި އޮންނަ ގޮތަށް. ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް މިތަންވާނީ. އިރާދުކުރެއްވިއްޔާ މިތަނުގައި ގާއިމް ކުރެވިގެންދާ ސިޓީއަކީ ޒީރޯ ކާބަން ސިޓީއަކަށް ހަދަން،" ރައީސް ވިދާޅުވި އެވެ. "މާނައަކީ މިތަނުގައި ދުއްވާ އުޅަނދު ފަހަރު ވެސް ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ބޭނުން ކުރާނީ." 

މިއަދު މަޝްރޫއު ފެށި އިރު ބިޔަ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. މަސައްކަތް ފެށި އިރު ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބިން ހިއްކަން ގެނައި ޑްރެޖަރެކެވެ.  "ފިލީޕޯ ބްރޫނެލޭޝީ" ގެ ނަން ދީފައިވާ މި އުޅަނދަކީ ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާމިނުގައި 27.5 މީޓަރު (90 ފޫޓް) ގެ އުޅަނދެކެވެ. މިއީ އެއްފަހަރާ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ހުރި އުޅަނދެކެވެ.

ޖުމްލަ 8 މަސް ތެރޭގައި ފުށިދިއްގަރުފަޅުން 1،153 ހެކްޓަރު ބިން، އެ ޑްރެޖަރުން ހިއްކާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި، އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ.



މި މަސައްކަތް ފެށި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ.

އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ. ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު -- ފުށިދިއްގަރުފަޅު ގައި އިފްތިތާހު ކޮށްދެއްވުން

ފުށިއްދިގަރުފަޅު މަޝްރޫއު ހިމެނޭހެން، މިދިޔަ ސަރުކާރުން ފަށާފައިވާ ގިރާވަރު އަދި ގުޅިފަޅު މަޝްރޫއު ހިމަނައިގެން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ފުށިދިއްގަރު ފަޅުން އުފައްދާ ސިޓީ، "ރަސްމާލެ" ގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އަޅަ އެވެ.

މީގެ ކުރީން މިފަދަ ބިޔަ މަޝްރޫއަކީ މީގެ 26 އަހަރު ކުރިން އޮކްޓޯބަރު 16، 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކަން ފަށައި ބޮޑު ހުޅުމާލޭގެ އުފެދުމުގެ މަޝްރޫ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.