ބޯހިމެނުން: މިއަދާއި މާދަމާ ނަގާނީ ލިސްޓުތައް

މި ފަހަރުގެ ބޯހިމެނުގައި 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރިވާނެ އެވެ. ބޯހިމެނުގެ މައި މަރުކަޒު ހުންނާނީ ދަރުބާރުގޭގަ އެވެ.

ބޯހިމެނުމުގެ ރަސްމީ މަރުކަޒު ހުންނަ ދަރުބާރުގޭގައި އޮފިޝަލުން: މިފަހަރު 4300 އޮފިޝަލުން ހަރަކާތްތެރިވޭ -- ރައީސް އޮފީސް

މުޅި ރާއްޖޭގައި މިއަދު ބޯހިމެނުން ފަށާފައި ވާއިރު މިއަދާއި މާދަމާ އޮންނާނީ މައުލޫމާތު ނަގާ ތަންތަނުގެ ލިސްޓު އެކުލަވައިލުމުގެ މަސައްކަތް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

ސީނިއާ ސްޓެޓިސްޓިކަލް އޮފިސަރު އައިމިނަތު މުޝްފިގާ އިބްރާހިމް "މި" ނޫހަށް ވިދާޅުވީ މިއަދު ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު މިއަދާއި މާދަމާ އޮންނާނީ ތަންތަނުގެ ލިސްޓްތައް އެކުލަވައިލުމެވެ.

މި ޓީމްތައް ދާއިރު ގެއާއި ވިޔަފާރި ކުރާ ތަންތަން ފަސޭހައިން ވަދެވޭ ގޮތް ހެދުމަށް އެމްބީއެސް އިން އެދިފައިވެ އެވެ. ލިސްޓު ނެގުމުގެ ބޭނުމަކީ މިމަހު 17 ވަނަ ދުވަހު ރަސްމީކޮށް މައުލޫމާތު ނަގަން ޓީމްތައް ދާއިރު މައުލޫމާތު ހޯދަން ފަސޭހަ ކުރުމެވެ.

މި ފަހަރުގެ ބޯހިމެނުގައި 4300 އަށްވުރެ ގިނަ އެނިއުމަރޭޓަރުން ބައިވެރިވެ އެވެ. އަދި މާލޭގައި އެކަނި ވެސް 1،800 އެނިއުމަރޭޓަރުން ހަރަކާތްތެރިވާނެ އެވެ. ބޯހިމެނުގެ މައި މަރުކަޒު ހުންނާނީ ދަރުބާރުގޭގަ އެވެ. މި ސެންޓަރުގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ސެންޓަރެއް ހުންނާނެ އެވެ.

ބޯހިމެނުން ކުރުކޮށް

  •  ޖުމްލަ 4300 އެނިއުމަރޭޓަރުން
  •  އަތޮޅުތަކުގައި 2000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން
  •  ބިދޭސީ 40 އެނިއުމަރޭޓަރުން
  •  ދަރުބާރުގެ އިން ފީލްޑަށް 1،500 ކުދިން
  •  ހުޅުމާލެ އިން 200 ކުދިން
  •  ވިލިމާލޭން 80 ކުދިން

އެނިއުމަރޭޓަރުންގެ ފާހުގައި ކިޔުއާރު ކޯޑެއް

ބޯހިމެނުގެ މަސައްކަތުގައި ރާއްޖޭގައި ދިރިއުޅޭ ގިނަ ގައުމުތަކުގެ ބަސް އެނގޭ މީހުން ބައިވެރިވާނެ އެވެ. ހިންދީ އާއި ސިންހަޅަ އަދި ނޭޕާލް ބަސް އެނގޭ އެނިއުމަރޭޓަރުން ހަކާތްތެރިވާނެ އެވެ. މި ފަހަރުގެ ބޯހިމެނުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތިބޭނީ ހާއްސަ ސެކިއުޓީ ފީޗާތަކެއް ހުރި ފާހެއް އަޅައިގެންނެވެ. ކޮންމެ ފާހެއްގައި ކިއުއާރު ކޯޑެއް އިންނާނެ އެވެ. ފޯނު ބޭނުންކޮށްގެން އެ ފާހަކީ ސައްހަ އެއްޗެއްކަން ވަގުތުން ބަލައިލެވޭނެ އެވެ.

"އަހަރެންވެސް ބައިވެރިވާނަން" މި ޝިއާރުގައި މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެއްކުރާނެ ބައެއް މައުލޫމާތު

  •  ދިރިއުޅޭ ތަނުގެ މައުލޫމާތު
  •  ދިރިއުޅޭ ތަނުގެ ބޮޑުމިން
  •  މީހުންގެ އުފަން ތާރީހު
  •  މީހުންގެ ތައުލީމީ ފެންވަރު
  •  އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް
  •  ފުރަތަމަ ކައިވެނި ކުރި އުމުރު
  •  އަންހެނުން، ދަރިންގެ އަދަދާއި ފުރަތަމަ ދަރިފުޅު ލިބުނު އުމުރު

ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.