މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ރާއްޖޭގައި ހިންގާ މިންވަރު މިހާރު ގިނަ އެވެ. އެފަދަ ހާދިސާތައް ހިނގާއިރު މިޔަރަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުމެކެވެ.
ފުވައްމުލަކުގެ "ޓައިގާ ޝާކް ޕޮއިންޓް" އަށް އެރި އުޅުނު މީހެއްގެ އަތުގައި މިޔަރު ހިފައި / މިޔަރު ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
އެ މީހާއަށް ހަމަލާ ދިނީ ފެމުނު މިޔަރެއް ކަމަށް ވެއެވެ. މިޔަރު ހިފައި ހަމަލާ ދިން ހާދިސާ އައީ ސިޓީގެ ބަނދަރު ސަރަހައްދުގައި މަޝްހޫރު ކަމެއް އޮންނަ "ޝާކް ޕޮއިންޓަ" ށް ޓޫރިސްޓުންތަކެއް ގޮވައިގެން އިއްޔެ ހަވީރު އެރި އުޅެނިކޮށެވެ.
މިޔަރު ހިފާފައި ވަނީ އެ މީހުން ގޮވައިގެން އެރި އުޅުނު އިންސްޓްރަކްޓަރުގެ އަތުގަ އެވެ. މިޔަރު ހިފައި ހަމަލާ ދިނުމުގެ ސަބަބުން އެ މީހާގެ އަތުގެ އިނގިއްޔެއް ޒަހަމްވެފައި ވެއެވެ.
މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ރާއްޖޭގައި ހިންގާ މިންވަރު މިހާރު ގިނަ އެވެ. މިއަހަރު ތެރޭގައި ވެސް އެެފަދަ ތިން ހާދިސާއެއްގައި ތިން މީހަކު ޒަހަމްވެފައި ވެއެވެ.