ތިން އިންތިހާބު ގައި ވެސް އެމްޑީޕީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ.
މިއަދު އޮތީ ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނެވެ.
މީގެ ތެރެއިން ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަނާއި ނ. މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ގައި ވާދަކުރީ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީޕީއެމާއި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ތިން އިންތިހާބު ގައި ވެސް އެމްޑީޕީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންގެ މައްޗަށް ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ.
ހއ. ކެލާ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މައުރިފާ އެވެ. އޭނާ ވަނީ 402 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ސުދާ އަށް ލިބުނީ 367 ވޯޓެވެ.
ނ. މާފަރު ކައުންސިލްގެ މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރު ކާމިޔާބު ކުރީ 239 ވޯޓުންނެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުސްލިމް މުހައްމަދަށް ލިބުނީ 90 ވޯޓެވެ.
ނ. މާފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ގައި ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާ ވަނީ 217 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ އަސްރާރު ހަސަން އަށް ލިބުނީ 113 ވޯޓެވެ.
އދ. ހަންޏާމީދޫ ކައުންސިލް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި މުހައްމަދު ޔާސިރެވެ. އޭނާ ވަނީ 212 ވޯޓް ހޯދާފައެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދަށް ލިބުނީ 169 ވޯޓެވެ.