އެ މައްސަލައިގައި ކުއްޖާގެ މަންމަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ.
ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި އެވެ.
މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހުންނަ ދިގުރަށު ކުނިގޮނޑުގައި ތުއްތު ކުއްޖަކު އޮއްވާ ފެނުނީ، މިމަހުގެ ތިންވަނަ ދުވަހު ގޮނޑު ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީންނަށެވެ. އެ ކުއްޖާ އޮތީ ކޮތަަޅަކަށް ލާފަ އެވެ.
ފުލުހުން މިއަދު ބުނީ ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު އިއްޔެ އިންޑީއާއަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކުއްޖާގެ މަންމަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް ސްރީލަންކާ އަށް ފުރަން ގޮސް ހުއްޓާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކުއްޖާ މަރާލުމަށްފަހު އެއްލާލި މައްސަލައިގައި، ކުއްޖާގެ މަންމަ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.