ރީކޯ މޫސަ އަނެއްކާވެސް މަޖިލީހަށް ވާދަ ކުރައްވަނީ

މޫސާ މަނިކަކީ ކުރިން ވެސް ލ. އަތުގެ މެންބަރުކަން ކުރެއްވެވި ބޭފުޅެކެވެ. ލ. އަތޮޅުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭނާ މަސައްކަތް ކުރެއްވެވި އެވެ.

މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ފޯމް ޕާޓީގެ ޗެއާޕާސަނަށް އަރުވަނީ މަޖިލިސް 20 ގައި އެނާ ވާދަ ކުރައްވަން ޝައުގުވެރިވެ ވަޑައިގަންނަވާ

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ކަމަށް ވާދަ ކުރައްވަން ލ. އަތޮޅުގައި ފުޅާކޮށް ވިޔަފާރިވެރިޔާ ކުރައްވާ ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ނިންމަވައިފި އެވެ. އޭނާގެ ވިޔަފާރި މާވަށް ކައިރީ އޮންނަ އޭނާގެ ރަހާ ރިސޯޓްގަ އާއި ލ. ގަމުގައި ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ. 

ކުރީން އެމްޑީޕީގެ ޗެއާޕާސަން ކަން ކުރެއްވެވި މޫސާ މަނިކު މިއަދު ވިދާޅުވީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖްލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި އޭނާ މިފަހަރު ވާދަ ކުރައްވަން ނިނަމަވާފައިވާ ކަމަށެވެ.

"ހައްދުންމަތީ މާވަށު ދާއިރާގެ ރައްޔަތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގަ މިފަހަރު ވާދަ ކުރަންނިންމާ، 20 ވަނަ ރައްޔިތުންގެ މަޖްލީހުގާ މަސައްކަތް ކުރުމުގެ އުއްމީދުގައި ﷲ ގެ ވާގިފުޅާއެކު މަސައްކަތް މި ކުރަނީ" ކުރީގެ ފިލްމީ ތަރި މޫސާ މަނިކު އެކްސްގައި ލިޔުއްވާފައި ވެއެވެ. 

މޫސާ މަނިކަކީ ކުރިން ވެސް ލ. އަތުގެ މެންބަރުކަން ކުރެއްވެވި ބޭފުޅެކެވެ. ލ. އަތޮޅުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭނާ މަސައްކަތް ކުރެއްވެވި އެވެ. އޭގެ ފަހުން އޭނާ މަޖިލީހުގައި ތަމްސީލް ކުރެއްވީ މާލޭ އޭރިއާގެ ދާއިރާތަކުން ހޮވި ވަޑައިގެނެވެ. އެންމެ ފަހުން އިންނެވީ ހުޅުހެންވޭރު ދާއިރާގެ ގޮނޑީގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާއަށް ވާދަ ކުރަވަން މޫސާ މަނިކު މަސައްކަތް ފެއްޓެވި އިރު މޫސާ މަނިކު ލ. އަތޮޅު މާވަށް ކައިރިން ހިނގާ ރަހާ ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސް ވެގެން ޝަކުވާތައް ބޭރު ކުރަމުން ދެއެވެ. 

"މި" ނޫހަށް ވާހަކަ ދެއްކި އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ލ. އަތޮޅުގައި އޮންނަ އެ ރިސޯޓްގެ ބައެއް މުވައްޒަފުންނަށް މުސާ ނުދީ ހަތް މަސް އަދި އަށް މަސް ދުވަސް ވެފައިވާ ކަމަށެވެ. 

ރަހާ ރިސޯޓުގައި 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެތެރޭން ގިނަ މީހުން ތިބީ މުސާރަ ނުލިބޭތީ ވަރަށް ހާލުގައި ކަމަށް ވެއެވެ. އެ ރިސޯޓުން "މި" ނޫހާ ވާހަކަ ދެއްކި އެހެން މުވައްޒަފަކު ބުނި ގޮތުގައި ބިދޭސީންގެ ތެރެއިން ގިނަ މީހުންނަށް ވެސް މުސާރަ ނުދެ އެވެ. މުސާރަ ނުދޭތީ ޝަކުވާ ކުރަން ފެށުމުން ބައެއް މީހުން ފޮނުވާލަނީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.