"އަޑޯރާ މެޖިކް ސިޓީ" ރާއްޖެ ބަނދަރު ކުރަން ޗައިނާ ސަފީރު މަރުހަބާ ކިޔައިފި

ޗައިނާގެ އެ ކްރޫޒް ޝިޕް ރާއްޖެއަށް ބަނދަރު ކުރުމަށް އެކަމަނާ މަރުހަބާއެއް ވިދާޅުވެފައި ވަނީ އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނެތީ އެވެ.

އަޑޯރާ މެޖިކް ސިޓީ އިއްޔެ ޝަންހާއީ ބަނދަރަށް ވައްދާފައި

ޗައިނާގެ އެތެރޭގައި ބަނތް ފުރަތަމަ ބިޔަ ކްރޫޒް ޝިޕް އޭގެ ދަތުރަށް ތައްޔާރު ވެފައިވާއިރު އެ އުޅަނދުގެ ދަތުރެއް ދިވެހިރާއްޖެއަށް ކުރަން މަރުހަބާ ކިޔާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާން ލިޝިން ވިދާޅު ވެއްޖެ އެވެ. 

ޗައިނާގެ އެ ކްރޫޒް ޝިޕް ރާއްޖެއަށް ބަނދަރު ކުރަން އެކަމަނާ މަރުހަބާއެއް ވިދާޅުވެފައި ވަނީ އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނެތީ އެވެ. ޗައިނާއަކީ ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް ގައުމެވެ. މިއަހަރުގެ ޓޫރިޒަމް ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މިދިއަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ބަލާނަމަ 1,636,010 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. 

އެއްވަނަގައި އޮތީ ރަޝިއާ އެވެ. އެ ގައުމުން 187,452 ޓޫރިސްޓުން އައިސްފައި ވެއެވެ. ދެން އިންޑިއާ އެވެ. އިންޑިއާ 176,672 ޓޫރިސްޓުން އައެވެ. ޗައިނާ އިން 172,023 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. ކޮވިޑުގެ ކުރީން ރާއްޖެ އެއްވަނަ އަކީ ޗައިނާ އެވެ. 

ޗައިނާގެ އެތެރޭގައި ބަނތް ފުރަތަމަ ބޮޑު ކްރޫޒް ޝިޕް "އަޑޯރާ މެޖިކް ސިޓީ" ފުރަތަމަ ދަތުރަށް ތައްޔާރު ވުމަށް އިއްޔެ ވަނީ ޝަންހާއީގެ ބަނދަރަށް ވައްދާފަ އެވެ. ޝަންހާއީ ވޫސޮންގްކޯ އިންޓަނޭޝަނަލް ކްރޫޒް ޓާމިނަލްގައި އުޅަނދު ބަނދަރުކުރީ އިއްޔެ މެންދުރު ފަހު އެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 1،300 ކްރޫ މެމްބަރުން މަގާމުތައް މިހާރު ނަގާފައިވާއިރު އުޅަނދު އޮތީ ފުރަތަމަ ދަތުރަށް ތައްޔާރުވެ ފަހު މަރުހަލާއަށް ވަދެ އެވެ. މި އުޅަނދުގައި 16 ބުރި ހިމެނެ އެވެ. އަދި އާންމު ދިރިއުޅުމާއި މުނިފޫހިފިލުވުމުގެ ޖާގައަށް 40،000 އަކަމީޓަރު ހިމަނާފައިވެ އެވެ. މި ކްރޫޒް ޝިޕް ބެލެވިފައި ވަނީ އާ ޒަމާނުގެ އެންމެ ފުރިހަމަ އުޅަނދަށެވެ. 

އަޑޯރާ މެޖިކް ސިޓީ ކްރޫޒް ޝިޕްގެ ފުރަތަމަ ދަތުރު ފަށާނީ އާހަރު ފަށާ ދުވަހު ޖަނަވަރީ އެއްވަނަ ދުވަހު އެވެ. ފުރަތަމަ ރޫޓަކީ އުތުރު އިރުމަތީ އޭޝިއާ އެެވެ. އޭހެ ފަހުން ޗައިނާ އާއި ސައުތުއީސްޓް އޭޝިއާއާ ދެމެދު ރޫޓްުގެ ދަތުރު ފަށާނެ އެވެ. ރާއްޖެ ހިމެނެނީ އެ ރޫޓުގަ އެވެ.

އަޑޯރާ މެޖިކް ސިޓީގެ ދިގު މިނަކީ 323.6 މީޓަރެވެ. ހިގޭ ޖުމްލަ ބަރުދަނަކީ 135،500 ޓަނެވެ. މީގައި 2،125 ގެސްޓް ރޫމްގައި 5،246 ފަސިންޖަރުންނަށް ޖާގަ ލިބެ އެވެ. އުޅަނދު ބަނީ ސީއެސްއެސްސީ ޝަންހާއީ ވައިގައޮކިއާއޯ ޝިޕްބިލްޑިން ކޯ ލިމިޓެޑުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.