ކޯޓުގައި ވެސް ސާހިލް ވާހަކައެއް ނުދައްކާ، ދައުލަތުން ދެން ވަކީލުން ހަމަޖައްސައި ނުދޭން ނިންމައިފި

"އޭނާ މިއަދުވެސް ކޯޓުގައި ވާހަކަ ނުދައްކާ. އޭނާގެ ކިބައިގައި ދައުވާއަށް ޖަވާބު ދާރީ ނުވެވޭފަދަ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ނުބެލެވޭ،" ކޯޓުން ބުންޏެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތު އޮތް ސާހިލް: އޭނާ ކޯޓުގައި ވެސް ހުންނަނީ ހަނު --

ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ނިލަންދޫ، ފިނިފެންމާގެ، ސާހިލް އަލީ އެއްވެސް ވަރަކަށް ޝަރީއަތުގައި ވެސް ވާހަކަ ނުދައްކާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

އޯގަސްޓު 6، 2022 ގައި ޝިއާއު މަރާލާފައި ވަނީ ސާހިލް ކަމަށް ތުހުމަތުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، ކޯޓުން ބުނީ މި އަޑުއެހުމުގައި ވެސް އޭނާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. މީގެ ކުރިން ދައުލަތުން އޭނާއަށް ދެ ދިފާއީ ވަކީލުން ހަމަޖައްސާދީފައިވެ އެވެ. އެކަމަކު ވަކީލުންނާ ވެސް އެއްވެސް ވަރަކަށް ވާހަކަ ނުދައްކާތީ، އެ ދެ ވަކީލުން ވެސް ވަނީ ސާހިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ ތަނާޒުލްވެފަ އެވެ.

"އޭނާ މިއަދުވެސް ކޯޓުގައި ވާހަކަ ނުދައްކާ. އޭނާގެ ކިބައިގައި ދައުވާއަށް ޖަވާބު ދާރީ ނުވެވޭފަދަ ނުކުޅެދުންތެރިކަމެއް ހުރިކަމަށް ނުބެލެވޭ،" ކޯޓުން ބުންޏެވެ.

ސިއްރުކޮށްގެން ހިންގާ މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ އަޕްޑޭޓެއް ދެމުން ކޯޓުން ބުނީ، ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ. އެ އަމުރުގެ ދަށުން، ކޯޓުގައި އެކަނި ބެލޭ ގޮތަށް ކަނޑައެޅި ލިޔުންތައް ބެލުމުގެ ފުރުސަތު ސާހިލްއަށް ފަހިކޮށްދީފައިވާ ކަމަށެވެ.

އޭނާ އެއްވެސް ވަރަކަށް ވަކީލުންނަށް އެއްބާރުލުން ނުދޭތީ، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ދެން ވަކީލުން ހަމަޖައްސައިނުދޭން ނިންމާފަ އެވެ. އެހެންކަމުން އަމިއްލަ ގޮތުން ސާހިލް ވަކީލަކު ހަމަނުޖައްސާނަމަ މައްސަލައިގައި ކުރިއަށް ދާން ޖެހޭނީ އެކަންޏެވެ.

ކޯޓުން ބުނެފައި ވަނީ ދެން އޮންނާނީ ސާހިލް ލިޔުންތައް ދިރާސާ ކުރުމަށްފަހު ދައުވާއަށް ޖަވާބުދާރީވުން ކަމަށެވެ.

ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.