އައިވީއެފް އަދި މެޑިކަލް ޗެކްއަޕް ހެދޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި، އައިވީއެފް ފަރުވާ މިހާރު ހިލޭ ލިބޭނެ

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ކަވާ ކުރަމުން ދާނެ. މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯއެސް ވެސް ހިމެނިގެންދާ ގޮތަށް،" ފިރުޒުލް ވިދާޅުވި އެވެ.

އާސަންދަ އޮފީސް: އައިވީއެފް އަދި މެޑިކަލް ޗެކްއަޕް ހެދޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތް ގޮތަށް، މެޑިކަލް ޗެކްއަޕް ހެދުމާއި އައިވީއެފް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ހިދުމަތްތައް އާސަންދައިގެ ދަށުން ހިލޭ ލިބޭނެހެން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ދަރިމައިވުމުގެ ފަރުވާ އާއި ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް އާސަންދައިގެ ތެރެއިން މަގުފަހިކޮށްދިނުމަކީ ރައީސްގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ14 އިގެ ވައުދުފުޅުގައި ހިމެނިވަޑައިގަންނަވާ ކަމެކެވެ.

އެގޮތުން، މި ދެ ހިދުމަތަށް ފަހިވާނެހެން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނެސް މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.

އެ މާއްދާގެ (ރ) އަށް ގެނެވުނު އިސްލާހުގައި މިހާރު ބަޔާންކޮށްފައި ވަނީ، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ، އިންފާޓަލިޓީގެ ފަރުވާ އެކަމަށް ކަނޑައެޅޭ ހާއްސަ އުސޫލެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި އެ އުސޫލު ޝާއިއު ކުރަން ވާނެ ކަމަށެވެ.

އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ، އާސަންދަ ސްކީމުގެ ދަށުން ނުލިބޭ ހިދުމަތްތައް ފިޔަވައި ދެން ހުރި ހިދުމަތްތައް، އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި މިއަދުން ފެށިގެން އައިވީއެފް ހިދުމަތް ފެށިގެންދާނެ ކަމަށެވެ. 

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ނޫސްވެެރީންނަށް މައުލޫމާތު ދެއްވަނީ

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ކަވާ ކުރަމުން ދާނެ. މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯއެސް ވެސް ހިމެނިގެންދާ ގޮތަށް،" ފިރުޒުލް ވިދާޅުވި އެވެ.

އަދި، އަންނަ ހަފްތާގައި އާސަންދައިގެ ދަށުން މެޑިކަލް ޗެކްއަޕްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ފެށޭ ހަފްތާގެ ތެރޭގައި ސަރުކާރު ކޮންމެ ހޮސްޕިޓަލަކުން އާސަންދައިގެ ތެރެއިން މި ފަރުވާ ލިބިގެންދާނެ. އަދި އާސަންދަ ކުންފުނީގެ ފަރާތުން މިކަމަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކުރެވިގެން ދާނެ،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ޕެކޭޖްތައް ކަނޑައަޅާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އަދި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރު ތެރޭގައި މި ޕެކޭޖުތައް އިތުރަށް ފުޅާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މެޑިކަލް ޗެކްއަޕް އާސަންދައިގެ ދަށަށް ގެންނަން ނިންމި ސަބަބެއް ކަމަށް ރައީސް ކުރިން ވިދާޅުވެފައި ވަނީ، ބަލިތައް ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިވެވޭނެ މަގެއް ހޯދަވައިދިނުމުގެ ބޭނުމުގައި ކަމަށެވެ. މެޑިކަލް ޗެކްއަޕް ހެދުމަށް އެވެއާނެސް ޕްރޮގްރާމްތައް ހިންގައި އެކަމަށް ބާރު ވެސް އަޅުއްވާނެ ކަމަށެވެ. އެގޮތުން، މިއީ ހާއްސަ ގޮތެއްގައި ހުންނަ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުން ރާއްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.