މާލޭގެ މޭޔަރު ކަމަށް ވާދަ ކުރުމަށް ޑިމޮކްރެޓްސްގެ ސައިފް، ފޯމް ހުށަހަޅައިފި

ސައިފްގެ ފޯމާއެކު މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މާފަންނު ދެކުނު ދާއިރާއަށާއި މެދު ހެންވޭރު ދާއިރާއަށާ އަދި ހެންވޭރު ދެކުނު ދާއިރާއަށް އެ ޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމް ވަނީ ހުށަހަޅާފަ އެވެ.

ސައިފްގެ ފޯމް މިއަދު އިލެކްޝަނަށް ހުށަހަޅަނީ --

މާލެސިޓީ މޭޔަރު ކަމަށް ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަ ކުރައްވާ މުޙައްމަދު ސައިފް ފާތިހު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އޭނާގެ ފޯމު ހުށަހަޅުއްވައިފި އެވެ.

ސައިފަކީ މިހާރުވެސް މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރެވެ. 

މިއަދު މެނދުރު ސައިފް ފޯމު ހުށަހަޅާފައިވާއިރު، އީސީގެ ފަރާތުން ފޯމާ ހަވާލުވީ އެ އިދާރާގެ ނައިބް ރައީސް އިސްމާއީލް ހަބީބު އެވެ.  

ސައިފްގެ ފޯމާއެކު މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މާފަންނު ދެކުނު ދާއިރާއަށާއި މެދު ހެންވޭރު ދާއިރާއަށާ އަދި ހެންވޭރު ދެކުނު ދާއިރާއަށް އެ ޕާޓީން ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯމް ވަނީ ހުށަހަޅާފަ އެވެ. 

މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުންނެވެ. އެމަނިކުފާނުގެ އިތުރުން ކައުންސިލްގެ ތިން މެމްބަރަކު ވެސް އިސްތިއުފާ ދެއްވި އެވެ.

މި ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވައި ބައި- އިލެކްޝަން އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސުން ވަނީ އިއުލާންކޮށްފަ އެވެ. 

މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަށް ސައިފުގެ އިތުރުން ވާދަ ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު އާއި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ކުރީގެ ސީޕީ ހުސެއިން ވަހީދު، އަދި އެމްޑީއޭގެ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ޝުއައިބު އަލީ އެވެ.  

މިބޭފުޅުންގެ ތެރެއިން ސީޕީ ހުސެއިން ވަހީދު އާއި ޝުއައިބު އަލީ ވާދަ ކުރައްވަނީ އަމިއްލަގޮތުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.