މުޅި ހަނިމާދުގައި "އިންޑިއާ އައުޓް" ބެނާ ދަމާ ކައުންސިލަށް

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ބަލާނެ ކަމަށާއި އެކަމަށް އިންޑިއާ ސަރުކާރުގައި އެދުމުން އެކަމަށް އެއްބެސްވެ އެކަމާ ގުޅޭ މަރުހަލާތައް ހިނގާ ކަމަށެވެ.

ހދ.ހަނިމާދޫ

އިންޑިއާ ސިފައިން ބާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެފައިވާ ވައުދު ފުއްދަން ބާރު އަޅައިދޭން ކަމަށް ބުނެ "އިންޑިއާ އައުޓް ބެނާ" ތައް ހަނިމާދޫގައި ދަމައިދޭން މެންބަރަކު އެ ރަށު ކައުންސިލަށް ހުށަހަޅުއްވައިފި އެވެ.

ކައުންސިލުގެ އެޖެންޑާއަށް އެ ހުށަހެޅުން ހުށަހެޅުއްވެވީ ކައުންސިލުގެ މެމްބަރު އަލީ އިބްރާހީމެވެ. 

އެ މެމްބަރު އެދިވަޑައިގަަތީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒުގެ ސަރުކާރަށް އެއްބާރުލުންދީ ވައުދު ފުއްދަން އެހީތެރިވެ ދިނުމުގެ ގޮތުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބާލަން "އިންޑިއާ އައުޓް" ލިޔެ، ހަނިމާދޫގެ ހުރިހާ މަގެއްގައި ބެނާތައް ދަމަން މަޝްވަރާކޮށް އެކަމަށް ގޮތެއް ނިންމައިދޭށެވެ.

އެ މައްސަލަ މިހާރު ވަނީ  މާދަމާއަށް އެޖެންޑާވެސް ކޮށްފަ އެވެ. 

އަލީ އިބްރާހިމް "މި" ނޫހުން ގުޅި ނަމަވެސް އޭނާ ފޯނެއް ނުނަންގަވަ އެވެ. އެކަމަކު އޭނާ "ރާއްޖެ އެމްވީ" އަށް ވިދާޅުވެފައި ވަނީ ރައީސް މުއިއްޒު ވެރި ކަމަށް ވަޑައިގަތީ ހަނިމާދޫގައި އިންޑިއާ ސިފައިން ތިބި ވާހަކަ ވިދާޅުވަމުން ކަމަށާއި އެއީ ހަނިމާދޫގެ ރައްޔިތުންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.  އަދި މިހާރު އެ ވާހަކަ ނުދައްކަވާތީ ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ބަލާނެ ކަމަށާއި އެކަމަށް އިންޑިއާ ސަރުކާރުގައި އެދުމުން އެކަމަށް އެއްބެސްވެ އެކަމާ ގުޅޭ މަރުހަލާތައް ހިނގާ ކަމަށެވެ. 

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދެވަނަ ދުވަހު ހާމަ ކުރެއްވި ގޮތުގައި ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންނެވެ. ނަމަވެސް، ފަހުން ވިދާޅުވީ އެކި ލިޔުންތަކުން ފެންނަނީ އެކި އަދަދު ކަމަށެވެ. އެ އަދަދު 89 އަށް އަރާ ކަމަށާއި، ސިފައިންގެ އަދަދު އަދިވެސް އިތުރު ވެދާނެ ކަމަށެވެ. 

"މި" ނޫހަށް އެނގިފައިވާ ގޮތުގައި އެކި ބޭނުންތަކުގައި ރާއްޖެ ފައިބައި ތިބީ އިންޑިއާ ސިފައިން 100 މީހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.