ހަންގޭރީގައި ކިޔަވަން 25 ސްކޯލަޝިޕަށް ހުޅުވާލައިފި

ހަންގޭރީ ސަރުކާރާއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2021، ނޮވެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގައުމުން ވަނީ ރާއްޖެއަށް މަތީ ތައުލީމުގެ 60 ސްކޮލާޝިޕް ހިލޭ ދޭން ނިންމާފަ އެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕްގެ ދަށުން މިއަހަރު ކިޔަވަން ދިޔަ ބެޗް: އަންނަ އަހަރު ވެސް 25 ދަރިވަރަކަށް އެ ފުރުސަތު ލިބޭނެ --

އެހެން ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ހަންގޭރީ ސަރުކާރުން ކުރިއަށްގެންދާ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް" ޕްރޮގްރާމުގެ ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު ހަންގޭރީއަށް މަތީ ތައުލީމު ހާސިލް ކުރަން ދިއުމުގެ ފުރުސަތު ރާއްޖޭގެ 25 ދަރިވަރަކަށް ލިބޭނެ އެވެ. އަންޑަ ގްރެޖުއޭޓުން ފެށިގެން ޕީއެޗްޑީއާ ހިސާބަށް ކިޔެވުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ދަށުން ލިބިގެންދާނެ އެވެ. 

މި ޕްރޮގްރާމުގެ ދަށުން މިއަހަރު އަދި މިދިޔަ އަހަރު ވެސް ވަނީ 25 ދަރިވަރުންނަށް ސްކޮލާޝިޕް ދިނެވެ. ހަންގޭރީ ސަރުކާރާއި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 2021، ނޮވެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ގައުމުން ވަނީ ރާއްޖެއަށް މަތީ ތައުލީމުގެ 60 ސްކޮލާޝިޕް ހިލޭ ދޭން ނިންމާފަ އެވެ.

މި ސްކޮޕާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެ ކޮޅު ޓިކެޓުގެ އިތުރުން ކިޔެވުމާއެކު ހުރިހާ ހަރަދެއް ހިލޭ ފަހިކޮށް ދެއްވާނެ ކަމަށް ހަންގޭރީގެ އޮނަރަރީ ކޮންސުލް ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު ވަނީ ވިދާޅުވެފަ އެވެ.

ޖަނާހް ވަނީ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ހަންގޭރީއަށް ދަތުރުކުރާ ރާއްޖޭގެ ދަރިވަރުންނަށް ވިސާ އެޕްލިކޭޝަން ޕްރޮސެސް ފަސޭހަ ކޮށްދިނުމަށް އިންޑިއާގެ ނިއުދިއްލީގައި ހުންނަ ހަންގޭރީގެ އެމްބަސީއާ ގުޅިގެން މަސައްކަތްތައް ވެސް ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.