މީގެ ކުރިން ރައީސް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް ޢަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވާ އޭނާ ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ކުރައްވާފަ އެވެ.
ގައުމީ ދިފާއީ ބާރު، ސިފައިންގޭގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ރައީސް އައްޔަން ކުރެއްވެވީ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
މީގެ ކުރިން ރައީސް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައި އޭގެ ފަހުން އޭނާ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރައްވާފަ އެވެ.