ނޫ މުތީ މަޝްރޫއު | ފުށިދިއްގަރު ފަޅު ގުޅީ އިހްތިސޯސުން ނަގައިފި

ނޫމަތީ ތަރައްގީ ކުރާ ފުށިދިއްގަރުފަޅު ހިއްކަން ރާއްޖޭގައި މިހާރު ވެސް މަޝްރޫއުތައް ހިންގާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެއެވެ.

ފުށިދިއްގަރު ފަޅު: މިއީ އާ ސަރުކާރުގެ އެންމެ އުންމީދު ޕްރޮޖެކްޓްގެ ގޮތުގައި އަންނަނީ ސފަ ކުރަމުން

ފުށިދިއްގަރު ފަޅު ހިއްކައިގެން ޑިވެލޮޕް ކުރާ އާ ޒަމާނުގެ ސިޓީ، "ނޫ މުތީ" މަޝްރޫއު ފަށަން، އެ ފަޅުގެ އިހުތިސޯސު އޮތް، މާލެ އަތޮޅު ގުޅީގެ ދަށުން ވަކި ކޮށްފި އެވެ. 

މާލެ އަތޮޅު ގުޅީގެ އިދާރީ ދާއިރާގެ އިހްތިސޯސަށް ބަދަލު ގެނެސް، އެރަށުގެ އިހްތިސޯސުގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބި ވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

ފުށިދިއްގަރު ފަޅަކީ ހުޅުމާލޭގެ ތިން ހުޅުމާލޭގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުން ޑިވެލޮޕް ކުރާ ސިޓީ، "ނޫމުތީ" ގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އަޅަ އެވެ. 

ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރު ފަޅުގައި ޑިވެލޮޕް ކުރާ އާ ޒަމާނުގެ ސިޓީ، ނޫމުތީގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށް ދެއެވެ. 

ވެރިރަށް މާލޭގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައިވާ ފަޅު ހިއްކައި އާ ސިޓީއެއް ޑިވެލޮޕް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަންނަ ހަރުގެ ބަޖެޓް އެކުލަވައިލި އިރު އެ މަޝްރޫއަށް 400 މިލިއަން ރުފިޔާ ޖެހި އެވެ. އެކަމަކު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ބަޖެޓު ދިރާސާކުރާ މަރުހަލާގައި އެ 400 މިލިއަން އުނިކޮށް، އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލުކޮށްފަ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

ނޫމަތީ ތަރައްގީ ކުރާ ފުށިދިއްގަރުފަޅު ހިއްކަން ރާއްޖޭގައި މިހާރު ވެސް މަޝްރޫއުތައް ހިންގާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެއެވެ. ސަރުކާރަކުން އަދި ނުއެއް ބުނެ އެވެ.

ކޮމެންޓް

1
450
އަލިބެ
9 months ago

އަދި ތިޔަށްވުރެވެސް ބޮޑެތި ފަޅު ލާމު އަތޮޅުގައިވެސް އެބަހުއްޓެވެ. ވާދޫ ކަނޑު ފަތާފައި ހުރަސްކުރަންޖެހޭ ފަޅަކުން މާލޭ މީހުނަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ މީ އަސްލުވެސް މުއިއްޒުެ ޕްރޮޖެކްޓްއަކަށް ވާނެ ފަދަ ބޮޑު އިސްރާފެކެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.