ވާވޭ ވޮޗް އަލްޓިމޭޓްއަކީ ރާއްޖެއަށް ހާއްސަ އުފެއްދުމެކޭ ބުނެވިދާނެ އެވެ. ސަބަބަކީ ރާއްޖެއަކީ މޫދު ކުޅިވަރުތަކާއި ޑައިވިނަށް ހާއްސަ މަންޒިލަކަށްވާއިރު މިއީ ޕްރޮފެޝަނަލް ޑައިވަރުންނަށް ހާއްސަ ގަޑިއެކެވެ.
ޗައިނާގެ ޓެލެކޮމް ޖަޔަންޓް، ވާވޭގެ އުފެއްދުންތަކޭ ބުނުމުން ދުނިޔޭގައި ސުވާލެއް ނޫފައްދަ އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެނެވެ. އެ ކުންފުނީގެ އެކްސްޕާޓުންގެ ތޫނުފިލި ވިސްނުމުން ނެރޭ މި އުފެއްދުތައް އިންސާނުންނަށް ހާއްސަވަނީ އެހެންވެ އެވެ. އެ ކުންފުނީގެ މޮޅު އުފެއްދުންތަކުގެ ތެރޭން ވެސް އަތުކުރީ ގަޑިއަކީ މިހާރުގެ އެންމެ ފަހުގެ ޓްރެންޑެކެވެ.
ވާވޭ ކުންފުނިން މި އުފެއްދުންތަށް ރާއްޖޭގައި ފޯރުކޮށްދޭ މެކްސްކޮމް ޓެކްނޮލިޖީސް އިން ދަނީ މި އުފެއްދުންތައް ދިވެހިންނާ ހަމައަށް ފޯރުކޮށް ދެމުންނެވެ. މިގޮތުން އެންމެ ފަހުން ތައާރަފު ކޮށްފައި މިވަނީ ވާވޭ ކުންފުނިން ޑައިވިންއަށް ހާއްސަކޮށް ނެރުނު "ވާވޭ ވޮޗް އަލްޓިމޭޓް" ގެ އިތުރުން ފެޝަނަށް ރީތިކޮށް އަތުގައި އަޅާލަން ވެސް ރީތި "ވާވޭ ވޮޗް ޖީޓީ 4" އެވެ.
މި އުފެއްދުންތަކުގެ ތެރޭން ވާވޭ ވޮޗް އަލްޓިމޭޓްއަކީ ރާއްޖެއަށް ހާއްސަ އުފެއްދުމެކޭ ބުނެވިދާނެ އެވެ. ސަބަބަކީ ރާއްޖެއަކީ މޫދު ކުޅިވަރުތަކާއި ޑައިވިންއަށް ހާއްސަ މަންޒިލަކަށްވާއިރު މިއީ ޑައިވްކުރާ ޕްރޮފެޝަނަލް ޑައިވަރުންނަށް ހާއްސަ ގަޑިއަކަށް ވުމެވެ.
މި ގަޑީގެ އެންމެ ހާއްސަ ކަމަކީ ޗާޖު ހިފަހައްޓާ ދިގު ވަގުތެވެ. ޗާޖު ހުލި ނުވެ ދެ ހަފުތާ ހުންނާނެ އެވެ. އެހެން ފީޗާތަކުގެ ތެރޭގައި ހާޓްރޭޓް ދެނެގަތުމުގެ ހިއްސު އޮޕްޓިކަލް ހާޓްރޭޓް ސެންސަރުގެ އިތުރުން ޖިއޯ ސްކޯޕް ސެންސާއާއި ޓެމްޕަރޭޗަރު އެނގޭ ހިއްސުތަށް ހިމަނާފައި ވެއެވެ.
މި ގަޑިއަޅައިގެން 100 މީޓަރު ފުނުގައި ޑައިވް ކުރެވޭނެ އެވެ. މިއީ އާއްމުކޮށް ޑައިވަރުން ގޮސް ނޫޅޭ ހިސާބު ފުން ނަމަވެސް މިގަޑީގައި މި ފުންމިން ހިމަނާފައިވުމުން އެނގެނީ މިއީ ޑައިވަރުންނަށް ހާއްސަ އުފެއްދުމެއް ކަމެވެ. މި ގަޑީގެ އިތުރުން ވޮޗް ޖީޓީއަކީ ވެސް 14 ދުވަހު ބެޓެރި ހިފަހައްޓާ ގަޑިއެކެވެ. މި ގަޑިއަކީ ފެޝަނަލަށް ރީއްޗަކަށް އަޅާލައިގެން އުޅެން ވެސް ހިތްދަމައިގަންނަ ސިފަތަކެއް ހިމަނާފައިވާ އަތުކުރީ ގަޑިއެކެވެ.
މި ހުރިހާ އުފެއްދުމެއް ވެސް ރާއްޖޭގެ މަޝްހޫރު ހުރިހާ އިންސްޓޯލްމަންޓް ސްކީމްތަކުން ލިބެން ހުރުމަކީ މީގެ ގަޑިއެއް ހޯދަން ބޭނުންވެފައި ތިބި މީހުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.