ގާސިމް "އަންގައިގެން" އަލީއާ އައްސަދު ނަން ނަގައިފި

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޑެޕިއުޓީ ލީޑަރުގެ ރޭހުން ވަކިވީ ގާސިމް އިބްރާހިމް އެދިވަޑައިގަތުމުންނެވެ. ގާސިމް ބޭނުންފުޅު ވަނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ނިހާން ގެންނާށެވެ.

ޖޭޕީގެ ނާއިބު ލީޑަރު ކަމަށް ވާދަ ކުރައްވަން ނިންމަވާ ފަހަތަށް ޖެހިވަޑައިގެން ދެ ބޭފުޅުން އަދި ގާސިމްގެ އެޑްވައިޒަރު ނިހާން

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ނަން ނަގައިފި އެވެ.

ރިޔާސީ އިންތިހާބު ގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބާ އެކު ޕާޓީގެ ގިނަ މަގާމުތަކެެއް އޮތީ ހުސްވެފައެވެ. އެ މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެންމެ ބޮޑު ވާދަވެރި ކަމެެއް އޮތީ ނާއިބު ލީޑަރުގެ މަގާމަށެވެ. އެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތި ލި އެވެ. އެއީ؛ 

  •  އަލީ ސޯލިހް
  •  އަހްމަދު ނިހާން ހުސައިން މަނިކު
  •  އައްސަދު ރިޒާ
  •  މުހައްމަދު ސައީދު

މި ބޭފުޅުންނާ އެކު ނަން ވެސް ތަރުތީބު ކޮށްފައި ވަނިކޮށް މިއަދު ދެ ބޭފުޅަކު ވަނީ ނަން ނަގާފައެވެ. އެއީ ޖޭޕީގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި އަލީ ސޯލިހާއި ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އައްސަދު ރިޒާ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޑެޕިއުޓީ ލީޑަރުގެ ރޭހުން ވަކިވީ ގާސިމް އިބްރާހިމް އެދިވަޑައިގަތުމުންނެވެ. ގާސިމް ބޭނުންފުޅު ވަނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ނިހާން ގެންނާށެވެ.

ނަމަވެސް ނަން ނެގި ސަބަބާއި ގުޅޭގޮތުން އަލީ ސޯލިހާއި އައްސަދު ވާހަކަ އެއް ނުދައްކަ އެވެ. 

ޖުމްހޫރީ ޕާޓީ ގަައި ހަތަރު ނާއިބު ލީޑަރުން ތިއްބަވަ އެވެ. އެއް މަގާމު ހުސްވީ އިގްބާލު އާދަމް އިސްތިއުފާ ދިނުމުންނެވެ. އިގުބާލު އިސްތިއުފާ ދިނީ މި މަހުގެ 17 ވަނަ ދުވަހު އުފެދުނު އޭނާގެ ކޮއްކޯފުޅު، ރައީސް މުއިއްޒުގެ ސަރުކާރުގެ އިސް މަގާމަކަށް ހަމަޖެއްސުމާއި ގުޅިގެންނެވެ. ރިޔާސީ އިންތިހާބު ގައި ގާސިމް ހޮއްވެވުމަށް ނިކުމެ ހުންނެވި އިގްބާލަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ޗީފް އޮފް ސްޓާފެވެ.

ނާއިބު ލީޑަރު ހޮވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ މިއަދު އެވެ. ނަމަވެސް ކުއްލި ގޮތަކަށް އެ ވޯޓް މާދަމާ އަށް އޮތީ ފަސް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.