ރައީސް މައުމޫނާއި ރައީސް ޔާމީންގެ ބައްޕާފުޅު އަބްދުލްގޫއްޔޫމް ދޮންސީދީއާއި ރަންފުޅަކީ އިބްރާހީމް މާފަތްތަކުރުފާނު ބޭފުޅުންނެވެ.
ކުރީގެ ރައީސުން ކަމަށްވާ މައުމޫނު އަބްދުލްގައްޔޫމާއި ޔާމީން އަބްދުލްގައްޔޫމުގެ ބޮޑުދައިތަ އުންމުކުލްސޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ.
ރަންފުޅު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާސާލްކަންފުޅެއްގައި އުޅުއްވުމަށް ފަހު ސްރީލަންކާގެ ކޮލަންބޯގައި އެކަމަނާގެ އުމުރުފުޅުން 96 އަހަރުގަ އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީންގެ ބައްޕާފުޅު އަބްދުލްގޫއްޔޫމް ދޮންސީދީއާއި ރަންފުޅަކީ އިބްރާހީމް މާފަތްތަކުރުފާނު ބޭފުޅުންނެވެ.