އެ ކުންފުނިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 14.62ރ އަށެވެ. އެއީ 40 ލާރީގެ ހެޔޮވުމެވެ. ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33 ރ އަށެވެ.
އެ ކުންފުނިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 14.62ރ އަށެވެ. އެއީ 40 ލާރީގެ ހެޔޮވުމެވެ. ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33 ރ އަށެވެ.
އެ ކުންފުނިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްފައި މިވަނީ މިދިޔަ ހަ މަސް ދުވަހު މި އަގުތަކަށް ބޮޑު އަގުގައި ވިއްކުމަށް ފަހު އެވެ.
ކޮވިޑާއި ރަޝިޔާއި - ޔުކުރޭނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އައިސް ވޭތުވެ ދިޔަ ހަތް އަހަރު ތެރޭ ތެލުގެ އަގުތައް ނޫފުލޭ މިންވަރަށް އަގު އުފުލުނެވެ. އެސްޓީއޯ އިން ބުނި ގޮތުގައި ރާއްޖޭގެ ބާޒާރަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށް ދޭން އެ ކުންްފުނިން މަސައްކަތް ކުރާއިރު ދުނިޔޭގެ ބާޒާރުގައި އަގަށް އައި ބަދަލުގެ ސަބަބުން ތެޔޮ ފޯރު ކޮށް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް އެ ކުންފުންޏަށް ކުރިމަތިވި އެވެ.