އެމްޑީއޭ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އެމްޑީއޭ އިން ޕްރައިމަރީ ގައި ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ އާއެކު މަޖިލީސް އިންތިހާބަށް ނިކުންނަން ނިންމާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރުންނަށް ކޯލިޝަންގެ ޕްރައިމަރީ އަށް ހުޅުވާލައިފި އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މަޖިލީސް އިންތިހާބު ގައި ވާދަ ކުރަން ބޭނުންވާ މެންބަރުންނަަށް އެ ފުރުސަތު ވަނީ މިއަދު ހުޅުވާލާފައެވެ. އެ ދެ ޕާޓީން ބުނި ގޮތުގައި ޕްރައިމަރީ ގައި ވާދަ ކޮށް ޓިކެޓް ހޯދުމުގެ ފުރުސަތު އެ ދެ ޕާޓީއާ އެކު ސަރުކާރު ދަމަހައްޓަން އޮތް އެމްޑީއޭ އާއި އެމްއެންޕީ އަށް ވެސް އެބަ އޮތެވެ.
އެ ދެ ޕާޓީއާއެކު އޮތް އެއްބަސްވުމަކީ ކަނޑައެޅިފައިވާ ވަކި ދާއިރާތަކަކަށް ހުރިހާ ޕާޓީތަކުން ވާދަކޮށް ކުރި ހޯދާ ކެންޑިޑޭޓަކަށް ޓިކެޓް ދިނުމެވެ. ނަމަވެސް އެއީ ކޮންކޮން ދާއިރާތަކެއް ކަމެއް ނުބުނެ އެވެ.
އެމްޑީއޭ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް އެމްޑީއޭ އިން ޕްރައިމަރީ ގައި ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ އެމްޑީއޭގެ މެންބަރުން ފޯމާއި ކެންޑިޑޭޓުން ފުރިހަމަ ކުރަންޖެހޭ އިގުރާރު އަންނަ ހޯމަ ދުވަހުގެ ކުރީން ހުށައެޅުމަށް ވަނީ އެދިފައެވެ.