ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމަށް ނައިބު ރައީސް ޗައިނާއަށް

މި ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފރު އަދި ޗައިނާ ސަފީރު

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރަސްމީ ދަތުރުފުޅެއްގައި ރޭ ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން - ސީއައިޑީސީއޭ އިން އިންތިޒާމު ކުރާ މި ފޯރަމް އޮންނާނީ މި މަހުގެ 7 އިން 8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގަ އެވެ.

‎މި ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ އެވެ. ނައިބު އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.

‎ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މި މަހުގެ 11 އިން 12 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ބާއްވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.