މަގުތައް ނާމާން ވެއްޖެ، ފުލުހަށް ވެރިއަކު އައްޔަން ކުރުން އަވަސް ކުރޭ: އެމްޑީޕީ

"ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ،"

ސިފައިންގެ އިސް ބޭފުޅުން އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު:

މަގުތައް ނާމާން ވެފައިވާ ކަމަށް ބުނެ ފުލުހަށް ކޮމިޝަނަރަކު އައްޔަނު ކުރުން އަވަސް ކުރުމަށް އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި ވަނީ މިރޭ ނެރުނު ބަޔާނެއް ގައެވެ. ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އަމާންކަން ގެއްލި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"އެމްޑީޕީ އިން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭން ޖެހޭނެ އެވެ. އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެން ވާނެއެވެ،"

އެ ބަޔާނުގައި އިތުރަށް ބުނީ މާޒީގައި ވެސް ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރު ކޮށް ކަމަށާ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާމާންވެ ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެން ދިޔަ ކަމަށެވެ. އެމްޑީޕީ އަށް ފެންނަ ފެނުމު ގައި މި ސަރުކާރުގެ އަމަލުތައްވެސް ހުރީ އެ މަގުން ކަމަށް ބުނެފައިވެއެވެ.

އަދި ބުނީ މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން ފާހަގަކުރާ ކަމަށާ މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށެވެ.

"ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ،"

އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމަ އެއް ގާއިމު ކޮށްދިނުމަށް ކަމަށް ވެސް އިދިކޮޅުގެ މަައި ޕާޓީގެ ގޮތުގައި ނޮވެންބަރު 17 އިން ފެށިގެން އޮތް އެމްޑީޕީން ބުންޏެވެ.

ނޮވެންބަރު 17 އިން ފެށިގެން ޕޮލިސް ހިންގަނީ ވަގުތީ ކޮމިޝަނަރުން މެދުވެރި ކޮށެވެ. ސީޕީ އައްޔަން ކުރުން ކުރިއަށްދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ބޭފުޅަކު ހަމަޖެއްސުން މިހާ ފަސް ވެގެންދާ ސަބަބެއް ނުބުނެ އެެވެ.

މި ފަހުން މާލެއާ އައްޑޫ ސިޓީ ގައި ނުރައްކާތެރި ތިން މާރާމާރީ އެއް ހިނގާފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.