އެފްއެސްއެމް އުފެއްދީ ޑިސެމްބަރު 18، 2000 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ މުޅި ރާއްޖެއަށް ފަސޭހައިން ތެޔޮ ފޯރުކޮށް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ފަރާތެކެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދު ކުރުން ހުއްޓާލާފައި އޮތް އޮތުން ދޫކޮށްލައި ނަމާދު ވަގުތުތަކުގައި ހިދުމަތް ބަންދު ކުރަން ނިންމައި އެއަށް އަމަލު ކުރަން ފަށައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިން މިރޭ ބުނީ އެފްއެސްއެމްގައި ކުރިންސުރެ އަމަލު ކުރަމުން އައި އުސޫލަކީ ނަމާދު ވަގުތަަށް ޝެޑްތައް ބަންދު ކޮށްފައި ބެހެއްޓުން ކަމަށްވި ނަމަވެސް މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިދުމަތް ދިނުން ނަމާދު ވަގުތުތަކަށް މެދު ކަނޑައިލުން ހުއްޓާލާފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އާ މެނޭޖްމެންޓުން، އާ މެނޭޖިން ޑިރެކްޓަރު، މިހާރު ނިންމަވާފައި ވަނީ މިއަދު ފެށިގެން ހުރިހާ ޝެޑެއްގެ ހިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލަން،" އެ ކުންފުނީގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވި އެވެ.
މާލޭ އޭރިއާ ސަރަހައްދުގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ހުރެ އެވެ. އެއީ މާލޭގައި ތިން ޝެޑަކާއި ހުޅުމާލޭގައި ޝެޑެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު އެފްއެސްއެމަށް ވެސް ބަދަލުތައް ގެނެސްފައިވާއިރު އެ ކުންފުނީގެ އާ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ އިސްމާއީލް ސުހައިލެވެ.
މީހަކު ހަމަ އެއްޗެއް ބުނާ އިރަށް ހަމީދުމެން ހަބަރު ހަދަނީ. އަޅެ ކޮން އިރެއްގައިބާ ނަމާދު ވަގުތަށް ބަންދު ނުކުރަނީ. މިދިޔަ ފަސް އަހަރު ވެސް ނަމާދު ވަގުތަށް ދިޔައީ ބަންދުކުރަމުން
ދޮގެއް ނޫން އެއީކީ، ނިމިދިޔަ 3 މަސް ދުވަހު ޝެޑުތައް ނަމާދު ވަގުތައް ބަންދެއް ނުކުރޭ !
ކޮން ދޮގެއް ހަދާކަށް. ކުރިންވެސް ބަންދުކުރޭ. ބަންދު ނުކުރަނީ ރެޑްވޭވް ސަލީމްގެ ފިހާރަ. ދެން އެ ފަހި ޕުލާޒާއޭ ކިޔާތަން ހުންނާނެ ހުކުރު ދުވަހު މެންދުރު 12 ޖަހާއިރުވެސް ހުޅުވާފަ