ކުއްޖާ އަކީ ލަންކާގެ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ އަންހެން މީހާ ފުލުހުންގެ ބަންދަށް ގެންދިޔައީ ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށް އެނގިފައިވެއެވެ.
ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖާގެ މަންމަ ހޯދާ އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެކަން ފުލުސް އިދާރާ އިން ވެސް ވަނީ ޔަގީން ކޮށްދީފައެވެ. ކުއްޖާ އަކީ ލަންކާގެ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ އަންހެން މީހާ މިހާރު ހުރީ ފުރަން އެއާޕޯޓަށް ގޮހެވެ. ނަމަވެސް އޭނާގެ ފުރުން ވަނީ ހުއްޓުވާފައެވެ.
ފުލުހުން ބުނީ އަންހެން މީހާ ހައްޔަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހުރި އެ ރަށުގެ ކުނިގޮނޑުގައި ތުއްތު ކުއްޖަކު އޮއްވާ ފެނުނީ ގޮނޑު ސާފު ކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީންނަށެވެ. ކުއްޖާގެ ހަށިގަނޑަށް ބަލާލުމުން އެނގެނީ މަރުވިތާ ގިނަ އިރުތަކެއް ނުވާ ކަމެވެ. ވިހެއިތާ ގިނަ ވަގުތުތަކެއް ވެސް ނުވާ ކަމެވެ.