ކުއްޖާގެ ހަށިގަނޑަށް ބަލާލުމުން އެނގެނީ މަރުވިތާ ގިނަ އިރުތަކެއް ނުވާ ކަމެވެ. ވިހެއިތާ ގިނަ ވަގުތުތަކެއް ވެސް ނުވާ ކަމެވެ. އެކަމަކު ރަހްމު ކުޑަ މި މަރާއި ގުޅިފައިވާ ހުރިހާ ސިއްރެއް އަދި އޮތީ ފޮރުވިފައެވެ.
އދ. ދިގުރަށު ރައްޔިތުންގެ ނަޒަރުގައި އެއީ މުޅި އަތޮޅުގައި ވެސް އޮތް އެންމެ ހިތް ފަސޭހަ / އަމާން އެއް ރަށެވެ. ރާއްޖޭގެ ނިސްބަތުން ވެސް ދިގުރަށް ވާނީ އެފަދަ ރަށަކަށް ކަމަށް ރައްޔިތުން ދެކެ އެވެ. އެއީ ކުށްކުރުން މަދު ރަށެކެވެ. އަމާން ކަން އޮތް ގުދުރަތީ ވަރަށް ބޮޑު މުއްސަދި ކަމެއް ލިބިފައި އޮތް ރަށެކެވެ. ލޯކަލް ޓޫރިޒަމް ބާރަށް ހިނގައިގެންފައި އޮތް ރަށެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އަރާ ފައިބާ ރަށެކެވެ.
މިއަދު ހެނދުނު މުޅި ރަށަށް ކުއްލި ހައިރާން ކަމާއި ސިހުން ގެނައީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ މާދުރުގައި ހަދާފައިވާ ކުނިގޮނޑުން ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނުމުންނެވެ. ތުއްތު ކުއްޖާ އޮތީ ކޮތަޅަކަށް ލާ ކުނި ގޮނޑަށް އެއްލާލާފައެވެ. ބަލާ ބެލުމަށް އެ ތުއްތު ކުއްޖާ ދުނިޔެއަށް އުފަންވީތާ ވާނީ މަދު ގަޑިއިރުތަކެކެވެ. އެއީ ދުވަސްފުރާ ވިހާފައިވާ. އަންހެން ކުއްޖެކެވެ.
ރަހުމްކުޑަ މީހަކު / ބަޔަކު މިފަދަ އަމަލެއް ހިންގައިފިކަން ރަށުގެ ރައްޔިތުންނަށް އެނގުނީ ގޮނޑަށް ދިޔަ މީހަކަށް ކުއްޖާގެ ހަށިގަނޑު ފެނުމުންނެވެ. އެއީ ބިދޭސީ އެކެވެ. އޭނާ އެކަން ވަގުތުން ރަށު ކައުންސިލާއި ރައްޔިތުންގެ ސަމާލު ކަމަށް ގެނަ އެވެ.
ފުލުހުންގެ ހާއްސަ ޓީމަކުން ވަގުތުން އެ ރަށަށް ގޮސް ތަހުގީގު ފެށި އެވެ.
ދިގުރަށުގައި ހިނގާ މިދިޔައީ އެ ރަށުގައި މިއިން ޒަމާނަކު ވެސް ހިނގާފައި ނެތް ފަދަ ހާދިސާ އެކެވެ. އެ ހާދިސާއާ ގުޅިގެން ރަށުތެރޭގައި އޮތީ ހުސް ސުވާލެވެ. އެންމެ ބޮޑު ސުވާލަކީ އެ ޖަރީމާ ހިންގި ރަހުމްކުޑަ ގާތިލަކީ ކޮބައި ހެއްޔެވެ.
ނަމަވެސް ރަށުގެ އެންމެން އިއްތިފާގުވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ދިގުރަށު މީހަކު އެވަރު ކަމެއް ނުކުރާނެ ކަމެވެ. ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން ވެސް ވަރަށް ޔަގީން ކަމާ އިތުބާރާ އެކު ތަކުރާރުކޮށް ވިދާޅުވީ އެހެންނެވެ.
"އަޅުގަނޑު ހަމަ 100 ޕަސެންޓް ޔަގީން ކަމާއެކު މި ދަންނަވަނީ މިއީ މިރަށު މީހަކު ކުރި ކަމެއް ނޫން. ވަރަށް ޔަގީންކަން އެބަ އޮތް. އިތުބާރާ އެކު މި ދަންނަވަނީ،"
ކައުންސިލާއި ރައްޔިތުން ވެސް ބުނަނީ މިހެންނެވެ. މިކަމުގެ ފަހަތުގައި ފޮރުވި ތިބީ އެ ރަށަށް ބޭރުން އަޅާ އުޅުނު ބައެކެވެ. ދިވެހީންގެ ބައެއް ކަމެއް ބިދޭސީން ކަމެއް ނޭންގެ އެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ ދިގުރަށް ފުރިފައި އޮތް ދުވަސްވަރެކެވެ. ޓޫރިސްޓުން ބައިވަރު އެބަ އޮތެވެ. އެ ރަށަށް ނިސްބަތް ނުވާ ދިވެހީންގެ ގިނަ ބަޔަކު ވެސް މި ދެތީން ދުވަހު އެ ރަށަށް އަރާ ފައިބާފައިވެއެވެ.
ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. މިވަގުތަށް ހާމަކޮށްފައިވާ މައުލޫމާތަކީ ހާދިސާ ހިނގައިގެން ތަހުގީގެއް ފަށާފައިވާ ކަމެވެ.
ތުއްތު ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ހަށިގަނޑު މިވަގުތު ވެސް ސިއްހީ މަރުކަޒުގައެވެ. އަދި އިތުރު ތަހުގީގަށް ކުއްޖާގެ ހަށިގަނޑު މާލެ ގެންދާ ގޮތަށް ވެސް އޮތީ ހަމަޖެހިފައެވެ.
ކުއްޖާގެ ހަށިގަނޑަށް ބަލާލުމުން އެނގެނީ މަރުވިތާ ގިނަ އިރުތަކެއް ނުވާ ކަމެވެ. ވިހެއިތާ ގިނަ ވަގުތުތަކެއް ވެސް ނުވާ ކަމެވެ. އެކަމަކު ރަހުމްކުޑަ މި މަރާއި ގުޅިފައިވާ ހުރިހާ ސިއްރެއް އަދި އޮތީ ފޮރުވިފައެވެ.
ދިގުރަށު މީހުންނާއި ކައުންސިލުން ދޭ ޔަގީން ކަމަކީ މިއީ އެ ރަށު މީހަކާ ގުޅުން ހުރި ކަމެއް ނޫން ކަމެވެ. އެވަރު ކަމެއް ކުރަން ކެރޭނެ މީހަކު އެ ރަށުގައި ނޫޅޭނެ ކަމެވެ. ނުކުރާނެ ކަމެވެ. އެހެންވީމަ ތަހުގީގުގެ ފޯކަސް ދެން އެނބުރޭނީ ރަށަށް އަރާ ފޭބި މީހުންގެ މައްޗަށް ކަމަށް ބެލެވެއެވެ. ނުވަމަސް ދުވަހު ބަނޑުގައި ކުއްޖަކު ގެންގުޅެ އެކަން ސިއްރު ކުރުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިވަގުތަށް ފޮރުވި ހުއްޓަސް ގާތިލާއި ކުއްޖާގެ މަންމަ އަދި އެކަމަށް އެހީތެރިވީ ބަޔަކު ތިބި ނަމަ އެކަމެއް އެނގޭނެ ވަގުތު އަދި ޖެހޭނެ އެވެ.
ތިބުނާ ގޮތުންވިޔަ ދިގުރަށުގަ ތިބީ ހުސް އަލިފުން. ކޮންމެ ގޮތެއް ވިޔަސް އެބަ އިނގޭ އެތާ ގެސްޓް ހައުސްގަ އުޅޭ ބޭރުމީހެއކަން ވިހެއީ. ރަށުން އަޅެފަހެ ބޭރު މީހެއް އަރާ އެކަން ކޮށްދޭނެ އޭ ހީވޭތަ؟ ދަންނަ ތަންދޮރު އިނގޭ އެކުގައި އުޅޭ މީހަކަށް ދޯ އެހީ ވެވޭނީ.ސިއްރުން ކޮށްފައި އަންހެން މީހާ ފޮނުވާލާނީ ހަމަ ރަށުގަ އުޅޭ މީހެއް.ހަގީގަތް އިނގޭނެ. އެދުވަހުން ތިބޭތި ކަނޑަށް ބަދުބަސް ބުނެފަ ރޯން.ރަށުގެ އަގު ވެއްޓި ދާނެތީ ރަށުން ބޭރުމީހުން ގެ ބޮލުގަނާޅުވާ ފުރަތަމަ.
ހެޔޮކޮށް.... ރަށުން އަރާ ފައިބާ މީހުނާ މިކަމާ ކޮބާ އޮތް ގުޅުމަކީ... ގައިމު 9 މަސް ވަންދެން ކުއްޖާ ބަނޑުގަ އޮވެ ވިހައި ހެދުމުގަވެސް ކޮންމެސް އިތުރު މީހެއްގެ އަތެއް ވާނެ ޔަގީން... އެވަގުތު ހަމަ އެރަށައް އެރި މީހަކަށް އެހުރިހާ ފެސިލިޓީތަކެއް ޕްރޮވައިޑްއެއް ނުކޮއްދެވޭނެ... ކޮމަން ސެންސް އެއީ.. މީހެއްގެ ގޮތެއް ބުނާކަށް ނޭންގޭނެ...
ކުށް ކުރި މީހާ އަށް ވާގިވެރި ވި މީހާ ވެސް ކުށުގައި ބައިވެރިވެވުނީއެ. އެބުނާހެން. ވިހެއި މީހާ އެހާދުރުގައި ހުރި ކުނިގޮނޑަކަށް ގޮސް އެއްލާލުމުގައި ވެސް ކޮންމެސް މީހެއްގެ އެހީލިބިފައިވާނެ. ރަނގަޅަށް ތަހުގީގު ކުރޭ
ދިގުރަށުގެ އަގުވައްޓަން ދަނގެތީ މީހަކު ކުރިޔާލާ ރާވައިގެން ހިންގި ޖަރީމާއްކަމަށް އަޑުތައްއިވެމުން އިބަދޭ
ރަށުން ބޭރުން އަރާމީހުން ނަށް ތުހުމަތު ވާގޮތަށް ތަހުގީގު ނުކޮށް ރަށުގެ ވެރިން މިހެން ބުނުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް. ތި ވީގޮތުން ދިގުރަށަށް ދާން މީހުން ފަސްޖެހޭނެ. ރަށުގަ ހިނގާ ވިޔާނުދާ ބޮޑެތި ޖަރީމާތައް ރަށަށް އަރާ މީހުން ގެ ބޮލުގަ އެޅުވޭގޮތްވާތީ
ނުކުރާނެ އޭ ހީވިޔަސް އެހެން ބުނަންވާނީ ޝައްކެއް ނެތްވަރަށް ޔަގީން ކުރުމަށްފަހު. ކުށެއް ނުކުރާ އިންސާނަކު ނުހުންނާނެ.
މީ ގެސްޓް ހައުސް އެއްގަ އުޅުނު ބޭރު އަންހެނެއް ކުރިކަމެއް..އެމީހާ ވަނީ އެއާޕޯޓްއިން އަތުލައިގަނެފަ!