އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ މޯލްޑިވް ގޭސް ވުޖޫދަށް އައިސްފައިވަނީ، އޮކްޓޯބަރު 3، 1999 ވަނަ އަހަރުގަ އެވެ.
ގޭސް ކުންފުނި، މޯލްޑިވް ގޭސްގެ ހުރިހާ ތަނެއްގައި ވެސް ދުވަހުގެ މަސައްކަތްތައް ދެން ފަށާނީ ގައުމީ ސަލާމާއި ކީރިތި ގުރުއާނުގެ ބަރަކާތުން ކަމަށް ނިންމައިފި އެވެ.
މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ހަމަޖެއްސުމާ ގުޅިގެން އާ އެމްޑީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ވަނީ މޯލްޑިވްސް ގޭހުން ބާއްވާފަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ބައިވެރިވި އެ ރަސްމިއްޔާތު މިއަދު އޮތީ ހެނދުނު އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި މުވައްޒަފުންނާ މުހާތަބުކުރައްވާ އެމްޑީ، އަބްދުﷲ ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތް ކަމަށެވެ. އެއީ ސުކޫލްތަކާއި ވަކި ފަރުދަކަށް ނޫނީ ވަކި ޖަމާއަތަކަށް އޮތް ކަމެއް ނޫން ކަމަށާއި އެއީ މުޅި ގައުމަށާއ އެންމެނަށް ވެސް އޮތް ކަމެއް ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތް. އެއީކީ ވަކި ބަޔަކަށް އޮތް ތަސައްވުރެއް ނޫން. އެއީ މުޅި ގައުމަށް އޮތް ތަސައްވުރެއް. އެހެންވީމަ އެ ތަސައްވަރު ފުރިހަމަ ކޮށްދިނުމުގައި މޯލްޑިވް ގޭސް ވެގެން މިދިޔައީ ފުތަރަމަ އިސްނެގި ކުންފުންޏަށް. އެހެންވީމަ، އަޅުގަނޑު އެދެނީ ކޮންމެ ދުވަހަކު ވެސް މޯލްޑިވް ގޭސްގެ މަސައްކަތް ކުރާ ހުރިހާ ތަނެއްގައި ވެސް މަސައްކަތް ފަށާއިރު، ކީރިތި ގުރުއާންގެ ބަރަކާތުން، އަދި އެއަށް ފަހު ގައުމީ ސަލާމުން މަސައްކަތް ފެށިގެން ދިއުން،" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ ގޭސް ކުންފުންޏާމެދު ރައީސް މުއިއްޒު ގުޅުއްވާ ތަސައްވުރެއް އެބައޮތް ކަމަށާއި އެއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމާއި ފައިދާވާ ކުންފުންޏަކަށް ހެދުމުގެ އިތުރުން ރައްޔިތުންނަށް ހެޔޮ އަގުގައި ހިދުމަތް ދިނުމަކީ ވެސް ރައީސް މުއިއްޒު ގެންގުޅުއްވާ މުހިއްމު ތަސައްވުރެއް ކަމަށެވެ.
އަދި އެ އަމާޒަށް ހާސިލް ކުރެވޭނީ ހުރިހާ މުވައްފުން ވެސް ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކޮށްދީގެން ފާހަގަ ކުރައްވަމުން އަބްދުﷲ ވަނީ އެކަމަށް އެއްބާރުލުން ދިނުމަށް އެ ފަރާތްތަކުގެކިބައިން އެދިފަ އެވެ.
"މި ކުންފުންޏަކީ ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތް ދެވޭ ކުންފުންޏަކަށް ހެދުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރެއް. އެކަންކަން ކުރުމަށް ޓަކައި ވަރަށް ކަންތައްތަކެއް ކުރުމަށް ވަނީ މުސްތަގުބަލުގައި ރޭވިފަ. މި ކޮންމެ ކަމެއް ކާމިޔާބު ކުރެވޭނީ ތިޔަ އެންމެހާ ލޮބުވެތި މުވައްޒަފުންގެ އެއްބާރުލުން ވަކި ފަންތިއެއް، ވަކި ގިންތިއެއް ނެތި ލިބިގެން،" އަބްދުﷲ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އައު އެމްޑީއަށް މަރުހަބާ ދެއްނެވުމުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ވަނީ މާބޮނޑިއެއް އަރުވާފަ އެވެ. އޭގެ އިތުރުން ދުވަހާ ގުޅުވައިގެން ޚާއްސަ ކޭކެއް ފެޅި އެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ މޯލްޑިވް ގޭސް ވުޖޫދަށް އައިސްފައިވަނީ، އޮކްޓޯބަރު 3، 1999 ވަނަ އަހަރުގަ އެވެ.
ޖޯކު ޖަހާވަރުގެ ކަމެއްނޫން މީ ވަރަށް ފުރިހަމަ ނިންމުމެއް