ދިގުރަށުގައި ވިހައި ކޮތަޅެއްގައި އެއްލާފައި އޮތް ކުއްޖަކު ފެނިއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ދިގުރަށުގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނުނީ ކުނިގޮނޑަށް އެއްލާލާފައި އޮއްވައެވެ.

  •  ކުއްޖާ އެއްލާލާފައި އޮތީ ކުނިގޮނޑަށް
  •  ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނޭ
  •  ފުލުހަށް ރިޕޯޓް ލިބުނީ ހެނދުނު 9:20 ގައި

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ދިގުރަށުގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިފައިވާ ކަމަށެވެ. އެ ކުއްޖާ ފެނުނީ ކުނިގޮނޑަށް އެއްލާލާފައި އޮއްވައެވެ. އެ ކުއްޖާ އެއްލައިލީ ވިހެއިތަނާ ހެނެވެ.

އެ މައުލޫމާތު ފުލުހަށް ލިބުނީ ހެނދުނު 9:20 ހާއިރު ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ދިގުރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ދިގުރަށު ކައުންސިލުގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވި ގޮތުގައި މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި ހުރި އެ ރަށުގެ ކުނިގޮނޑުގައި ތުއްތު ކުއްޖަކު އޮއްވާ ފެނުނީ ރަށުގައި އުޅޭ ބިދޭސީ އަކަށެވެ. އެ ސަރަހައްދު ބަންދުކޮށް ފުލުސް ތަހުގީގު ފަށާފައިވާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް

1
450
އަލީ މުރާދު
9 months ago

ހެޔޮ ނުވާނެ ނު. ކީއްވާނީ ވަޅުލިއްޔާ. ފާފައިގެ މައްޗައް ފާފަ. މިނޫން ދުވަހެއްވެސް އެބައޮތް ކަން ހަނދާންކޮއްލަބަ ހެޔޮނުވާނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.