މޯލްޑިވްސް ބޯޓިން އެވޯޑް | އަލްޝާލީއަށް ރަން ވަނަ ތަކެއް

އަލްޝާލީ މެރިންއަށް މީގެ ކުރިން ވެސް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ. މި އަހަރުވެސް އެ ކުންފުންޏަށް މުހިންމު ދެ ވޯޑެއް ލިބިފައިވެ އެވެ.

އަލްޝާލީއަށް ލިބުނު އެވޯޑަކާ އެ ކުންފުނީގެ ޖީއެމް ޝަރީފު ހަވާލުވަނީ

ކަނޑު ދަތުރުފަތުގެ ދާއިރާގައިދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ މޯލްޑިވްސް ބޯޓިން އެވޯޑުގައި ދިން ޝަރަފުވެރި ދެ އެވޯޑެއް އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އަށް ލިބިއްޖެ އެވެ. 

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އަލްޝާލީ އަށް ލިބިފައިވަނީ ބެސްޓް ލިވަ ބޯޑް އޯ ޔޮޓް ބިލްޑާސް ކުންފުންޏަށް ދޭ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް (14-15 މީޓަރުގެ އުޅަނދު ފަހަރަށް ދޭ އެވޯޑެވެ. މި އެވޯޑުތަކުގެ ތެރޭން ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް އަށް ދިން އެވޯޑު ލިބިފައިވަނީ އަލްޝާލީގެ އައިލެންޑް ހޮޕާ 50 އުޅަނދަށެވެ. 

ބެސްޓް ޔޮޓް ބިލްޑާސް އެވޯޑް އައިލެންޑް ހޮޕާ 50 އަށް، ބެސްޓް ޕްރޮޑަކްޝަން ވެސަލް

އަލްޝާލީ މެރިންއަށް ލިބުނު މި އެވޯޑް ތަކާ ހަވާލުވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފު އެވެ. މީގެ ކުރިން ވެސް އަލްޝާލީއަށް މިފަދަ ގިނަ އެވޯޑްތަކެއް ލިބިފައިވެ އެވެ. މި އަހަރުގެ އެވޯޑުގައި ވެސް ގިނަ ކެޓަގަރީތަކަށް އެ ކުންފުނީގެ އުޅަނދުތަށް ވާދަކޮށްފައިވެ އެވެ. 

އަލްޝާލީގެ އައިލެންޑް ހޮޕާ އުޅަނދަށް ލިބުނު އެވޯޑް ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ހަވާލު ކޮށްދެއްވަނީ

މި ފަހަރު ލިބުނު އެވޯޑްތަކާ ބެހޭ ގޮތުން ކުރުނބާގައި ހުންނަވާ "މި" ނޫހަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އެވޯޑްތަކުގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި ކަސްޓަމަރުންނަށް އޭގެ މަންފާ ކުރާނެ ކަމަށެވެ. 

"މީގެން ދައްކުވައިދެނީ އަޅުގަނޑުމެން މަސައްކަތުގެ ކޮލިޓީ އާއި ފެންވަރު. އެކަން ބަލައިގަންނަ މިންވަރު. މިއީ އަޅުގަނޑުމެންގެ އުފެއްދުންތަކަށް އޮތް ޔަގީންކަމެއް،" ޝަރީފު ވިދާޅުވި އެވެ. 

އަލްޝާލީ މެރިންގެ ކުރީގެ ކާމިޔާބީތައް

  •  5-10 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑް
  •  45-15 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑު
  •  15-40 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑް
  •  އެންމެ ފުރިހަމަ ޑޮކްޔާޑުގެ އެވޯޑު
  •  އެންމެ ފުރިހަމަ ޑިޒައިން އުޅަނދުގެ އެވޯޑް

އަލްޝާލީ މެރިން ފުރިހަމަ ކުންފުންޏެއް

އަލްޝާލީ މެރިން ރާއްޖޭގައި އިންވެސްޓް ކުރީ 2006 ގަ އެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ވަރުފަދަ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ވިޔަފާރިއަކުންނެވެ. އެހެންވެ މިއީ މިހާރު ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ކުންފުންޏެކެވެ.

ބޯޓިން އެވޯޑުގައި ބޯޓިން ސިނާއަތުގެ ޕާސަނަލީ އޮފް ދި އިޔާގެ އެވޯޑު ލިބިފައިވަނީ ގައުމީ ބޯޓިން އެސޯސިއޭޝަންގެ މިހާރުގެ ރައީސް އާމިރު މަންސޫރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.