އިހުސާން މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ އިއްޔެ ހަވީރު ސިޓީގެ އެއާޕޯޓް ރަށް، ގަމުގައި، ފޭދޫ ރައްޔިތުން އިންތިޒާމުކޮށް އިހުސާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެކެވެ.
އައްޑޫ އތޮޅު ފޭދޫއަށް ލިބެން ޖެހޭ ހައްގު މިންވަރު "ގަދަކަމުން" ވެސް ހޯއްދަވާނެ ކަމަށް ހޯމްލޭންންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އިހުސާނަކީ ފޭދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ނުފޫޒު ގަދަ އަދި ވިޔަފާރީގެ ގޮތުން ނުފޫޒު ގާދަ އާއިލާއަކާ ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ދީދީ (އައީބީ) ގެ ބޭފުޅެކެވެ.
އިހުސާން މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ އިއްޔެ ހަވީރު ސިޓީގެ އެއާޕޯޓް ރަށް، ގަމުގައި، ފޭދޫ ރައްޔިތުން އިންތިޒާމުކޮށް އިހުސާނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރޭގަ އެވެ.
އެތާނގައި ވާހަކަފުޅު ދައްކަވައި އިހުސާން ވިދާޅުވީ ހޯމްލޭންންޑް ސެކިއުރިޓީ މިނިސްޓަރީއަކީ ތުރާކުނުން އައްޑޫ އަތޮޅާ ހަމައަށް ބޮޑު ޒިންމާއެއް އޮތް މިނިސްޓަރީއެއް ކަމަށާއި އެ މިނިސްޓަރީއަށް ފޭދޫއަށް / އައްޑޫއަށް ނިސްބަތްވާ ފަރާތެއް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ދެއްވާ އިސްކަން ހާމަވުން ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެ މިމިނިސްޓްރީގައި އޭނާ ހުންނެވި ނަމަވެސް އެ ފުރުސަތަކީ ފޭދޫއަށް ހާއްސަކޮށް އައްޑޫ އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް ވެސް މަސައްކަތް ކުރަން ބޭ ފުރުސަތެއް ކަމަށެވެ.
"ސަރުކާރު ތެރޭގައި ހާއްސަކޮށް ކެބިނެޓުގައި ވަކާލާތުކޮށް އަޅުގަނޑުމެންނަށް ލިބެންޖެހޭ ހައްގު މިންވަރު މި ފަސް އަހަރު ތެރޭގައި 'ގަދަކަމުންވެސް' އަޅުގަނޑު ހޯދާނަން،" އިހުސާން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ކަމުގައި ހުންނަވައި އެފަދައިން އިހުސާންގެ ވާހަކަ ބައްޓަން ކުރެއްވުމުން މީހުން އެކަމާ އޭނާއަށް ފާޑު ކިޔަމުން ގެންދެ އެވެ.
ކިހިނެއްމިވަނީ. މީހާގެ ހައިސިއްޔަތު މުޅިންއޮޅިއްޖެ. މަގާމަށް ތަސައްރަފު ނުފުދޭކަން މިސާބިތުވަނީ