ރާއްޖޭގެ ރީތިކަން ދުނިޔެއަށް ދައްކަނީ ބޯޓިން އިންޑަސްޓްރީން

މިނިސްޓަރު ފައިސަލް ވަނީ ސަފާރީ އުޅަނދުތަކުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ކުރައްވަމުންދާ މަސައްކަތުގެ އަގު ސަރުކާރުން ވަޒަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ރާއްޖޭގެ ބޯޓިން އިންޑަސްޓްރީއަކީ ދުނިޔެއަށް ރާއްޖޭގެ ރީތިކަން ދެއްކުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އިންޑަސްޓްރީ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މޯލްޑިވްސް ބޯޓިން އެވޯޑް ދިނުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު
ވަނީ ބޯޓިން އިންޑަސްޓްރީން ކުރަމުން ގެންދާ މަސައްކަތުގެ އަގު ސަރުކާރާއި އެ މަނިކުފާނު އަމިއްލަ ފުޅު ހައިސިއްޔަތުން ވެސް ވަޒަން ކުރަަައްވާ ކަމަށެވެ.

"ދުނިޔޭގެ އެކި ހިސާބުތަކަށް އަންނަ މީހުންނާއެކު ސަފާރީ އުޅަނދުތަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ރާއްޖޭގެ ރިތިކަން ދުނިޔެއަށް ދައްކައި ދިނުމުގައި އިސް ދައުރެއް އަދާކުރޭ. ޓޫރިސްޓުން ގޮވައިގެން ފީނައި ކަނޑުގެ ރީތިކަން ދައްކުވައިވޭ،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އެންބީއޭއެމް - ރާއްޖޭގެ ކަނޑު ދަތުރުފަތުގެ ދާއިރާއަށް ހާއްސަކޮށް މޯލްޑިވްސް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ނަމުގައި މި ޖަމިއްޔާ އުފެދިފައިވަނީ 2007 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ސަފާރީތަކުގައި ފަސް ކޮޓަރި ހުއްޓަސް މިހާރު އެކޮޓަރީގެ އަދަދު ވަނީ ބޮޑުތަނުން އިތުރު ވެގެން ގޮސްފަ އެވެ. މިހާރު މި ޖަމިއްޔާއަކީ 170 އަށްވުރެ ގިނަ ސަފާރީ އޮޕަރޭޓަރުން ހިމެނޭ ބޮޑު ޖަމިއްޔާ އެކެވެ.

ކޮމެންޓް

1
450
ލައުރާ
10 months ago

ތެންކިޔޫ ފޯ ދަ ލައުރާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.