މާލޭ މޭޔަރު ހޮވުން؛ އެމްޑީޕީ ޓިކެޓް އާޒިމަށް

މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ އާޒިމަށެވެ. އަނެއް ތިން ދާއިރާގެ ކައުންސިލަރުގެ މަގާމަށްށް ވެސް ކުރިމަތި ލާފައި ވަނީ ކޮންމެ ދާއިރާއަކަށް އެއް ކެންޑިޑޭޓެވެ.

އަންނަ ޖެނުވަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލީ އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ކަމަށް އެޕާޓީން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއެކު އެ ކައުންސިލުގެ ހުސްވެފައިވާ ތިން ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އެމްޑީޕީން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. 

މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންނެވީ އާޒިމަށެވެ. އަނެއް ތިން ދާއިރާގެ ކައުންސިލަރުގެ މަގާމަށްށް ވެސް ކުރިމަތި ލާފައި ވަނީ ކޮންމެ ދާއިރާއަކަށް އެއް ކެންޑިޑޭޓެވެ. އެއީ؛

  • މެދު ހެންވޭރު ދާއިރާ: އަހުމަދު ރިޝްވާން ރަޝީދު، ހ. ވޭމައުތު / މާލެ
  • ހެންވޭރު ދެކުނު ދާއިރާ: ޙައްވާ ނިޙްލާ، ހ. ތަރަބޫޒުގެ / މާލެ
  • މާފަންނު ދެކުނު ދާއިރާ: އަހުމަދު އިމްރާން، މ. ފަޅުމަތީގެ / މާލެ

އާޒިމްގެ އިތުރުން ދެން ހުރި ދާއިރާތަކަށް ކުރިމަތިލި ފަރާތްތަކަށް އެމްޑީޕީ ޓިކެޓް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމުންނެވެ. މޭޔަރުގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިންނެވެ.

ސިޓީ ކައުންސިލްގެ އިތުރު ތިން ގޮނޑި ހުސްވީ ސަރުކާރުގެ މަތީ މަގާމުތަކަށް ވަޑައިގަތުމަށް އެބޭފުޅުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް، ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރެވެ.

އެމްޑީޕީ ޓިކެޓް އާޒިމަށް ލިބިވަޑައިގެންނެވިއިރު، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ކުރިން ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހު ވަގުތު ފޯމު ހުށަހަޅުއްވާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.