އެ މީހާ މަރުވި ހާދިސާ އައީ ލޭންޑިން ކްރާފްޓްގެ ވަލެއް ނައްޓަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި މޫދަށް ގެނބިގެނެވެ.
އުމުރުން 35 އަހަރުގެ އެ ފިރިހެން މީހާ މަރުވީ މިއަދު ހެނދުނު އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަކީ މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް ބޭނުންވާ ސާމާނުތަކެއް ހިފައިގެން ދިޔަ ލޭންޑިން ކްރާފްޓެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.
އެ މީހާ މަރުވި ހާދިސާ އައީ ލޭންޑިން ކްރާފްޓްގެ ވަލެއް ނައްޓަން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި މޫދަށް ގެނބިގެނެވެ.
އެމީހާ ހެނދުނު 7:30 އެހާކަންއިރު މާފަރުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާ ކަމަށް ވެއެވެ.