ބޮޑުވަޒީރު މޯދީ ވަނީ މީގެ ދެ ހަފްތާ ކުރިން ރައީސް މުއިއްޒު ވެރިކަމުގެ ގާނޫނީ ހުވާ ކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.
އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރާއި ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި މިހާރު ކުރިޔަށްދާ ކޮޕް-28 ކޮންފަރެންސްގެ ހަވާސާގައި މިއަދު އެވެ.
މި ބައްދަލު ކުރެއްވުމުގައި ބޮޑުވަޒީރު މޯދީ ވަނީ މީގެ ދެ ހަފްތާ ކުރިން ރައީސް މުއިއްޒު ވެރިކަމުގެ ގާނޫނީ ހުވާ ކުރައްވާ ވެރިކަމާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.
މިއަދު އޮތް އެ ބަދަލުވުމުގައި ދެ ލީޑަރުން ވެސް ވަނީ ގާތް އެކުވެރި ގުޅުން ބަދަހި ކުރުމާއެކު ދެ ގައުމުގެ މެދުގައި ފުޅާ ދާއިރާއެއްގައި އޮތް ގުޅުންތައް މުރާޖައާ ކުރައްވާ ޕާޓްނަޝިޕް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާ ކޯ ގްރޫޕެއް އުފެއްދުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އެގޮތުން ތަރައްގީ އާއި އިގްތިސޯދީ އެއްބާރުލުމާއި، ދެ ގައުމުގެ ރައްޔިތުންނާއި ރައްޔިތުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާ އެކަންކަން އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވެވި އެވެ.
މީގެ އިތުރުން ދެ ލީޑަރުން ވެސް ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް އެއްބާރުލުން ދިނުން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.